ގދ.ތިނަދޫގެ ޒުވާނުންތަކެއް އިސްނަގައިގެން ބޭއްވީ ޕީއެސްފޯ ފީފާ19 ޓޯނަމެންޓުގެ ޗެމްޕިއަންކަން މުހައްމަދު ޝަމްހޫދު އަހުމަދު ހޯދައިފިއެވެ.
ތިނަދޫގައި އެންމެ ހިނގާ އެއް ރެސްޓޯރެންޓް ކަމަށްވާ ޒިމާމަން ރެސްޓޯރެންޓުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ތިނަދޫގެ 20 ޒުވާނަކު ވަނީ ބައިވެރިވެފައެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 26 އިން 28 އަށެވެ.
މުބާރާތުގެ ޗެމްޕިއަންކަން ޝަމްހޫދު ހޯދައިފައިވާއިރު، މުބާރާތުގެ ރަނަރަޕް އަކަށް ހޮވުނީ މުހައްމަދު ޔައިޝް އަލީ އެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޝަމްހޫދަށް މުބާރާތުގެ މެއިން ސްޕޮންސަރ، ޒިމާމަން ރެސްޓޯރެންޓްގެ ފަރާތުން ސޮނީ ޕީއެސްފޯ ޕްރޯ އެއް ވަނީ ދީފައެވެ. އަދި ރަނަރަޕް އަށް 2000ރ. ގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ވެސް މި މުބާރާތް ވަނީ މި ޒުވާނުންތައް އިސްނަގައިގެން ބާއްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް