ސްކޫލްތަކުގެ ދަރިވަރުން މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް މިއަދު އިފްތިތާހް ކޮށްފިއެވެ.
މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ މިއަދު ހެނދުނު ހިރިޔާ ސްކޫލްގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމެވެ.
ނައިބު ރައީސާއި އެކު އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
https://twitter.com/EducationMV/status/1155715492826402816
މި ޕްރޮގްރާމް މިއަދު މިވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފެށިފައެވެ.
މި ޕްރޮގްރާމްގެ ދަށުން ސްކޫލްތަކުގެ ދަރިވަރުންނަށް އެކުދިންގެ އުމުރާއި ގުޅޭގޮތަށް މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން މަޢުލޫމާތު ދެވި ހޭލުންތެރި ކުރެވޭނެއެވެ. އަދި މިކަން ކުރިއަށްގެންދާނީ ކަމާބެހޭ މުޢައްސަސާތަކުގެ އެހީތެރިކަމާއެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް