ދަރުމަވަންތަ ހޮސްޕިޓަލުގައި ކެންޓިނު ހިންގާނެ ފަރާތެއް ހޯދަނީ

ދަރުމަވަންތަ ހޮސްޕިޓަލުގައި ކެންޓީނު ހިންގައިދޭނެ ފަރާތެއް ހޯދަން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުން އިއުލާނުކޮށްފިއެވެ. އައިޖީއެމްއެޗުން ކޮށްފައިވާ އިއުލާނުގައި ވާގޮތުގައި، ކެންޓީނު ހިންގުމަށް ދެ...

29 Jul 2019 | 06:55

ދަރުމަވަންތަ ހޮސްޕިޓަލުގައި ކެންޓީނު ހިންގައިދޭނެ ފަރާތެއް ހޯދަން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުން އިއުލާނުކޮށްފިއެވެ.

އައިޖީއެމްއެޗުން ކޮށްފައިވާ އިއުލާނުގައި ވާގޮތުގައި، ކެންޓީނު ހިންގުމަށް ދެ ފްލޯގެ ޖާގައެއް ލިބޭނެ ކަމަށާއި، ކެންޓީނު ހެދުމަށް ދޫކުރަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އެންމެ ތިރީ ފަންގިފިލާ އާއި ދަރުމަވަންތަ ހޮސްޕިޓަލްގެ މެޒޭނިއަން ފްލޯއެވެ.

އައިޖީއެމްއެޗުން ބުނީ، ކެންޓީނު ހެދުމަށް ދޫކުރާ ތިރީ ފަންގިފިލާގައި 818 އަކަފޫޓު ހުންނާނެ ކަމަށާއި، މެޒަނިން ފްލޯއިން 513 އަކަފޫޓު ހުންނާނެ ކަމަށެވެ. އަދި މިތަން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓު ދޫކުރުން އަންނަ މަހުގެ 1 ވަނަ ދުވަހުން 29 ވަނަ ދުވަހަށް ކުރިއަށްދާނެ ކަމަށާއި، ބިޑް ޑޮކިއުމެންޓްގެ އަގަގީ 1000 ރުފިޔާ ކަމަށް އެ ހޮސްޕިޓަލުގެ އިއުލާނުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް