ޤައުމު ފަޚުރުވެރި ކުރުވި ޓީމް ބަލައި ޤައުމީ އެއާލައިނުން، ޤައުމީ ޖާޒީގައި މޮރިޝަސް އަށް މިއަދު ފުރައިފިއެވެ.
10 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑަލް ހޯދައި ދިވެހިން ފަޚުރުވެރިކުރުވި ޓީމް ބަލައި މޯލްޑިވިއަން އިން ފުރީ މިއަދު ހެނދުނު 6:30 ގައެވެ.
ޓީމް ގޮވައިގެން ހަވީރު އާދެވޭނެ ކަމަށާއި، ޓީމަށް މަރުޚަބާ ކިޔަން މި ފުރީ ޤައުމީ ޖޯޝުގައި ކަމަށް މޯލްޑިވިއަނުން ބުންޏެވެ. ޓިމަށް މަރުޚަބާ ކިއުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 16:00 ޖުމްހޫރީ މައިދާނުންނެވެ.
https://twitter.com/MaldivianAero/status/1155660170711584769
މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ އިން ވަނީ 15 މެޑަލް ހޯދާފައެވެ. އެއީ މި އަހަރުގެ ގޭމްސްއަށް އޮލިމްޕިކް ކޮމިޓީން ކަނޑައެޅި ޓާގެޓޫ ވެސްމެއެވެ.
އެންމެ ގިނަ ރަން މެޑަލް ރާއްޖެއިން ހޯދާފައި ވަނީ ޓީޓީ އިންނެވެ. ޓީޓީގެ އަންހެން ކުޅުންތެރިން ވަނީ ތިން ރަން މެޑަލް އާއި ދެ ރިހިމެޑަލް ކަށަވަރު ކޮށްފައެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 2023 ގެ ކުޅިވަރު މުބާރާތް ރާއްޖޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް