އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހަތަރު ނަމެއް މަޖިލީހަށް ފޮނުވައިފި

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާ ހަތަރު ބޭފުޅެއްގެ ނަން ރައްޔިތުންގެ މިޖިލީހަށް ފޮނުއްވައިފިއެވެ. މި...

29 Jul 2019 | 05:13

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާ ހަތަރު ބޭފުޅެއްގެ ނަން ރައްޔިތުންގެ މިޖިލީހަށް ފޮނުއްވައިފިއެވެ.

މި މަގާމަށް ނުވަ ބޭފުޅުން ކުރިމަތިލައްވާފައިވާއިރު، ރައީސަށް ފެނިވަޑައިގެންނެވި ހަތަރު ބޭފުޅުންގެ ނަންތައް މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ ހާމަކޮށްފައެވެ.

އެ ހަތަރު ބޭފުޅުންނަކީ، ހުސައިން ފިޔާޒު މޫސާ އާއި، އަހުމަދު ފަޔާޒު ހަސަން އާއި، އަހުމަދު އާހިދް ރަޝީދު އަދި ފާތިމަތު ސައުޝަން އެވެ. މި ހަތަރު ބޭފުޅުންގެ ފެންވަރާއި ގާބިލުކަން ހުރިވަރު ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.

މި މަގާމަށް ކުރިމަތިލުމަށް ހުޅުވައިލީ، މަގާމުގައި ކުރިން ހުންނެވި އަބްދުލް އަޒީޒު ޖަމާލް އަބޫބަކުރުގެ ދައުރު މިމަހުގެ 22 ވަނަ ދުވަހު ހަމަވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް