ހުޅުމާލޭގައި ބާރު ސްޕީޑެއްގައި ދުއްވައިފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން އެކްސިޑެންޓެއް ހިނގައިފިއެވެ.
ރޭ ދަންވަރު 1:00 ހާއިރު ހިނގި މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ބޯށިމާ ހިނގުމުގައެވެ. ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ މި ކާރު ގޮސް ޖެހުނީ އެމްޑަބްލިއުއެސްސީ ފާރުގައެވެ.
ފުލުހުން ވިދާޅުވީ، އެމްޑަބްލިއުއެސްސީ ފާރަށާއި ކާރުގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށެވެ.
ކާރު ދުއްވަން އިން 22 އަހަރުގެ ދިވެހި ޒުވާނާ އަތުގައި ލައިސަންސް ނެތް ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް