ސައިކަލު އެކްސިޑެންޓެއްގައި ދިވެހި ޒުވާނެއްގެ ނޭވާލާ ނިޒާމަށް ދިމާވި ބޮޑު މައްސަލައެއް އިންޑިއާގެ އަމްރިތާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ހޮސްޕިޓަލުން ރަނގަޅު ކޮށްފިއެވެ.
މިކަން ދަ ނިއު އިންޑިއަން އެކްސްޕްރެސްގައި ރިޕޯޓްކޮށްފައިވާއިރު ބުނެފައިވަނީ އުމުރުން 24 އަހަރުގެ މުހައްމަދު އަންވަރު އަމްރިތާ ހޮސްޕިޓަލަށް "ރެފަރ" ކުރީ އެކްސިޑެންޓެއްގައި އޭނާގެ ނޭވާލާ ނިޒާމަށް ސީރިއަސް މައްސަލައެއް ދިމާވުމުން ކަމަށެވެ. މި އަހަރުގެ މާރިޗް މަހު ހިނގި އެ އެކްސިޑެންޓާއި ގުޅިގެން ނޭވާލާ ނިޒާމަށް މައްސަލަ ދިމާވެ ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި އެޑްމިޓް ކުރި ކަމަށާއި ފަރުވާއަށް އިންޑިއާއަށް ދިޔައިރު އޭނާއަށް ނޭވާ ލެވެނީ ވެންޓިލޭޓަރެއްގެ އެހީގައި ކަމުގައިވެސް ބުނެފައިވެއެވެ.
ރިޕޯޓްކޮށްފައިވާގޮތުގައި މި ޒުވާނާއަށް ފަރުވާ ދިނީ ޑރ. ޓިންކޫ ޖޯޝަފް ނަމަކަށް ކިޔާ ޑަކުޓަރަކާއި އޭނާގެ ޓީމުންނެވެ.
އެ ޓީމާ ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި މި ޒުވާނާއަށް ދިމާވި މައްސަލަ މިހާރު ވަނީ އެއްކޮށް ރަނގަޅު ކޮށްފައެވެ. އަދި މިދިޔަ އަންގާރަ ދުވަހު މި ޒުވާނާ ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު ނޭވާލުމުގެ މައްސަލަ މިހާރު ވަނީ އެއްކޮށް ރަނގަޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް