ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއިން ވާދަކުރައްވާ ކެންޑިޑޭޓް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް އެޕާޓީގެ ރިޔާސީ ޓިކެޓް އަރުވައިފިއެވެ.
އެކަމަށްޓަކައި މިރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ރަނިން މޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދަށް އެރުވީ އެ ޕާޓީގެ ދެ ނައިބު ރައީސުންކަމަށްވާ، ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއްރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ.
ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދޭން ފާސްކުރީ، މީގެ ކުރިން ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި މެމްބަރުންގެ އިއްތިފާގުންނެވެ.
ރައީސް ޔާމީން އާއި ރަނިންމޭޓް ޑރ.ޝަހީމް މިހާރު ވަނީ ރިޔާސީ އިންތިޚާބަށް ކެމްޕޭން ފައްޓަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް