ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ކަނޑުތަކުގައި ބާނި ބޮޑުވެފައިވާތީ ރާއްޖޭގެ ހުރިހާ ހިސާބަކަށް އުދަ އަރާފާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން (މެޓް) ލަފާކޮށްފިއެވެ.
މިއަދު މެންދުރު 12:30 ން ފެށިގެން ހަވީރު 4:30 ހާ އަމައަށް އުދަ އަރާނެކަމަށް ލަފާކުރެވޭތީ، ސަމާލުވުމަށް މެޓް އޮފީހުން ވަނީ އަންގާފައެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ރަނގަޅުވާނެކަމަށާއި ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލާއި ފަނަރަ މޭލާ ދެމެދުގެ ބާރު މިނުގައިކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ. އެހެންނަމަވެސް ދިޔަ ވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް މެޓް އޮފީހުން ބުނެއެވެ.
ދިޔަވަރު ބޮޑުވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާ ގަޑިތަކަކީ:
އުތުރުގެ ސަރަހައްދުތަކަށް: މެންދުރު 13:31 ގައި
މެދު ރާއްޖެތެރެއަށް : 14:18 ގައި
ދެކުނުގެ ސަރަހައްދުތަކަށް : 14:50 ގައި
ކުރިޔަށް އޮތް ދެދުވަހުވެސް މުޅި ރާއްޖެއަށް މޫސުން ރަނގަޅުވާނެކަމަށް މެޓް އޮފީހުންވަނީ ލަފާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް