ތަމައްނާ ކައިވެނި ކުރަނީ ؟!

އެކްޓްރެސް ތަމައްނާ ބާޓިއާ ކައިވެނި ކުރަން އުޅޭ ވާހަކަ މީޑިޔާގައި ދައްކާތާ ދުވަސްތަކެއް ވެއްޖެއެވެ. އެމެރިކާގައި އުޅޭ ޑޮކްޓަރަކާއި ތަމައްނާ ކައިވެނި ކުރަންއުޅޭ ވާހަކަ މީޑިޔާގައި ދައްކަމުންދަނިކޮށް ތަމ...

29 Jul 2018 | 08:15

އެކްޓްރެސް ތަމައްނާ ބާޓިއާ ކައިވެނި ކުރަން އުޅޭ ވާހަކަ މީޑިޔާގައި ދައްކާތާ ދުވަސްތަކެއް ވެއްޖެއެވެ. އެމެރިކާގައި އުޅޭ ޑޮކްޓަރަކާއި ތަމައްނާ ކައިވެނި ކުރަންއުޅޭ ވާހަކަ މީޑިޔާގައި ދައްކަމުންދަނިކޮށް ތަމައްނާ މިވަނީ އެވާހަކަތަކަށް ޖަވާބު ދީ އޭނާގެ ފޭނުންގެ ހިތުގައި އުފެދިފައިވާ ސުވާލަށް ޖަވާބު ދީފައެވެ.

ތަމައްނާ ބުނީ އޭނާ ކައިވެނި ކުރަން އަދި ނޫޅޭކަމަށާއި އޭނާގެ އާއިލާއިންވެސް އޭނާ އިންނާނެ މީހަކު ހޯދަން އަދި ނޫޅޭކަމުގައެވެ. ތަމައްނާގެ ކައިވެނީގެ ވާހަކަތައް އެއްވެސް ހަޤީޤަތެއް ނެތް އިރު ދައްކާތީ ތަމައްނާ ހުރީ ކޮންމެސް ވަރަކަށް ހިތްހަމަވެސް ނުޖެހިފައެވެ. ތަމައްނާ ބުނީ އެއްވެސް ހަޤީޤަތެއް ނެތް ވާހަކަތައް އޭނާގެ ޒާތީ ދިރިއުޅުމާއި ގުޅޭގޮތުން ދައްކާތީ އެކަމާ ހިތްހަމަނުޖެހޭކަމުގައެވެ.

އުމުރުން 28 އަހަރުގެ ތަމައްނާ އަކީ ތަމަޅަ އަދި ތެލޫގު ފިލްމަތަކުން ބޮޑަށް ފެންނަ ތަރިއެކެވެ. ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން ތަމައްނާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ހިމެނެނީ ހަމްޝަކަލް، ހިއްމަތުވާލާ،އެންޓަރޓެއިންމެންޓް ފަދަ ފިލްމުތަކެވެ.

ތަމައްނާ ދެން އެންމެ އަވަހަށް ބޮލީވުޑްގެ ފިލްމަކުން ފެންނާނީ ތެލޫގު ފިލްމު ރީމޭކަކުން ކަންގަނާ އާ އެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް