ބަންޑުން ޖަހާލާފައި އޮތް ލޯންޗު ފެނިއްޖެ – މީހަކު ނެތް

ބަންޑުން ޖަހާލާފައި އޮތް ލޯންޗެއް ފެނިގެން ސިފައިންނަށް ރޭ ރިޕޯޓްކޮށްފައިވާއިރު އެ ލޯންޗު މިހާރު ފެނިފައިވާކަމަށް ސިފައިން ބުނެފި އެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން ...

29 Jul 2018 | 07:39

ބަންޑުން ޖަހާލާފައި އޮތް ލޯންޗެއް ފެނިގެން ސިފައިންނަށް ރޭ ރިޕޯޓްކޮށްފައިވާއިރު އެ ލޯންޗު މިހާރު ފެނިފައިވާކަމަށް ސިފައިން ބުނެފި އެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ރޭގައި ބަންޑުން ޖަހާލާފައި އޮތް ލޯންޗު ފެނިއްޖެ ކަމަށެވެ.

"ލޯންޗު ފެނުނީ މަސްވެރިކަން ކުރަން ނުކުމެ އުޅުނު ގުޅީ ދޯންޏަކަށް، އެ ލޯންޗު ފެނުނު ކަމަށްވަނީ އެނބޫދޫ ކަނޑުއޮޅިން އޮޔާދަނިކޮށް" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މިހާރު އެ ލޯންޗު ގުޅިއަށް ވައްދައި އޭތި ނެގުމުގެ މަސައްކަތް އެ ދޯނީގެ މީހުން ކުރަމުންދާކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި ފެނުނު އިރު އޭގައި އެއްވެސް މީހަކު ނެތް ކަމަށެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް