ކުޑަކުއްޖާ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ކުރެވިދާނެ 4 ކަމެއް!

ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވުމާއެކު އެކުއްޖެއްގެ ޞިއްޙަތު އެންމެ ރަނގަޅަށް ބެހެއްޓުމަށް މައިންބަފައިން ލައްކަ މަސައްކަތް ކުރެއެވެ. އެގޮތުން ގަޑިން ގަޑިއަށް ކާންދީ، ޞިއްޙަތަށް ފައިދާހުރި ކާއެ...

29 Jul 2018 | 04:55

ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވުމާއެކު އެކުއްޖެއްގެ ޞިއްޙަތު އެންމެ ރަނގަޅަށް ބެހެއްޓުމަށް މައިންބަފައިން ލައްކަ މަސައްކަތް ކުރެއެވެ. އެގޮތުން ގަޑިން ގަޑިއަށް ކާންދީ، ޞިއްޙަތަށް ފައިދާހުރި ކާއެއްޗެހި ކާންދިނުން ހިމެނެއެވެ.

ނަމަވެސް ކިތަންމެ ފައިދާހުރި ކާނާއެއް ދިން ކަމުގައި ވީނަމަވެސް ކުއްޖާގެ ޞިއްހަތު އެންމެ ފުރިހަމައެއް ނުވާނެއެވެ. ފުރިހަމަ ޞިއްހަތަކަށް ތިރީގައި މިވާ ކަންކަން ވަރަށް މުހިންމެވެ.

1. ކަސްރަތު ކުރުން

ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތަކީ ވަރަށް މުހިންމު އެއްޗެކެވެ. އެގޮތުން ކުޑަކުއްޖެއް ނަމަ ދުވާލަކު މަދުވެގެން 30 މިނެޓު އަދި ބޮޑު މީހެއްނަމަ ދުވާލަކު އެއް ގަޑިއިރު ކަސްރަތުކުރުމުގައި ހޭދަކުރުމަކީ މުހިންމު ކަމެކެވެ. މިގޮތަށް ކަސްރަތުކުރާނަމަ މީހާ ފަހެލިވެ، ހެލިފެލިވެ އުޅެން ފަސޭހަވާނެއެވެ.

2. ގިނައިން ފެން ބުއިން

ފެނަކީ އޭގެ ޒާތުގައި އެންމެ ފަސޭހައިން ކަރުހިއްކުން ފިލިވައިދޭ އެއް ބުއިމެވެ. އަދި ފެނުގައި އެއްވެސް އާޓިފިޝަލް ހަކުރެއް ނުވަތަ ފައިބަރެއް އެކުލެވައިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ފެން ވެފައިވަނީ ޞިއްހަތަށް އެންމެ ފައިދާވާ ބުއިމަށެވެ. ކުޑަކުދިންނަށް ޖޫސް ޕެކެޓް ނުވަތަ ޖޫސް ފުޅި ދިނުމުގެ ބަދަލުގައި ފެން ނުވަތަ ތާޒާ މޭވާއެއް ދިނުން މާ ރަނގަޅެވެ.

3. ތާޒާ މޭވާ އަދި ތަރުކާރީ ކެއުން

ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް މޭވާ އާއި ތަރުކާރީ އަކީވެސް ވަރަށް އިސް ދައުރެއް އަދާކުރާ އެއްޗެކެވެ. މޭވާ އަދި ތަރުކާރީ ކެއުމުގެ ސަބަބުން ކުއްޖާ ހެދި ބޮޑުވުން އަވަސްވެއެވެ. އެގޮތުން ކުއްޖާގެ އިސްކޮޅު، ބަރުދަން އަދި ކަޅު ދޮން މިންވެސް ބަދަލުކޮށްދެއެވެ. މޭވާ އަދި ތަރުކާރީ ކާއިރުވެސް ވިޓަމިން ސީ ހިމެނޭ ބާވަތްތައް ކެއުން މުހިންމެވެ. އަދި ބޭރުން ރާއްޖެއަށް އެތެރެ ކޮށްފައި ހުންނަ މޭވައަށްވުރެ ރާއްޖޭގައި ހައްދާ މޭވާ އަދި ތަރުކާރީ ކެއުން ރަނގަޅެވެ. ސަބަބަކީ ބޭރުން އެތެރެކުރާ ގިނަ ބާވަތްތަކުގެ މޭވާ އަދި ތަރުކާރީ އަކީ ކެމިކަލް ބޭނުންކޮށްގެން ހައްދާފައިވާ އެއްޗެހި ކަމަށް ވާތީއެވެ.

4. ޓީވީ ބެލުން މަދުކޮށް ގިނައިން ކުޅިވަރު ކުޅުން

ޒަމާން މިވަނީ ބަދަލުވެފައެވެ. ޓެކްނޮލޮޖީގެ ސަބަބުންނެއެވެ. އިހުގައި ކުޅެމުން އައި ކުޅިވަރުތައް ދޫކޮށްފައި ގިނަ ކުދިން މިހާރު އަބަދުވެސް ތިބެނީ ޓީވީ ބަލާށެވެ. ނޫން ނަމަ ގޭމު ކުޅޭށެވެ. ކުދިން ޓީވީ ބެލުން ދުވާލަކު ދެ ގަޑިއިރަށްވުރެ ގިނަ ކުރުމަކީ ގީހެކެވެ. މިގޮތަށް ޓީވީ ބެލުމާއީ ގޭމު ކުޅުމުގައި ވަގުތު ހޭދަކުރުމަށްވުރެ ކުޅިވަރެއް ކުޅުމުގައި ވަގުތު ހޭދަކުރުން  މުހިންމެވެ. ކުޅިވަރު ކުޅޭނަމަ ކުއްޖާއަށް ކަސްރަރު ލިބި، ފަލަވުމުން ދުރުކޮށްދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް