ރާއްޖެއާއި އެއް ފެންވަރުގެ ދެ ރިސޯޓު އިންޑިއާގައި އޮންނަން ޖެހޭ: މޯދީ

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން، ހިދުމަތާއި ފެސިލިޓީސްގެ ގޮތުން ރާއްޖޭގެ ރިސޯޓްތަކާއި އެއް ފެންވަރުގެ ދެ ރިސޯޓު އިންޑިއާގައި އޮންނަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭނުންފުޅުވެއްޖެ އެ...

29 Jul 2018 | 04:37

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން، ހިދުމަތާއި ފެސިލިޓީސްގެ ގޮތުން ރާއްޖޭގެ ރިސޯޓްތަކާއި އެއް ފެންވަރުގެ ދެ ރިސޯޓު އިންޑިއާގައި އޮންނަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭނުންފުޅުވެއްޖެ އެވެ.

އިންޑިއާގެ އާންމު އިންތިހާބުވެސް ގާތްވެފައިވާއިރު އެކަން އެގޮތަށް ކުރުމަށް އިންޑިއާގެ ސަރުކާރުގެ މުއައްސަސާއެއް ކަމުގައިވާ "ނެޝަނަލް އިންސްޓިޓިއުޝަން ފޮރ ޓްރާންސްފޯމިން އިންޑިއާ" ގެ ކިބައިން މޯދީ އެދިވަޑައިގެންފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި އެ މުއައްސަސާއިން މިހާރުވެސް އަންނަނީ ރާއްޖެއާއި މޮރިޝަސްގައި ދެމުން އަންނަ ފަތުރުވެރިކަމުގެ ހިދުމަތް އަސްލަކަށް ބަލައިގެން 26 ރިސޯޓެއް ތައްޔާރުކުރުމަށް ޕްލޭންތައް ހަދަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި މޯދީ ބޭނުންފުޅުވަނީ މަލިކު ހިމެނޭ ލަކްޝަދްވީޕް ޖަޒީރާގައި އަދި ނިކޮބަރ އައިލެންޑްސް ޖަޒީރާގެ ތެރެއިން ރަށެއްގައި އަންނަ ފެބްރުއަރީ މަހުގެ ކުރިން ރާއްޖެ އަދި މޮރިޝަސްގައި ހުރި ރިސޯޓްތައް ފަދަ ދެ ރިސޯޓު ގާއިމުކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް