ބަންޑުން ޖަހާލާފައި އޮއްވާ ފެނުނު ލޯންޗާއިބެހޭ އެއްވެސް މައުލޫމާތެއް ނެތް
ބަންޑުން ޖަހާލާފައިވާ އޮތް ލޯންޗެއް ފެނިގެން ރޭގެ ވަގުތެއްގައި އެކަން ސިފައިންނަށް ރިޕޯޓްކޮށްފައިވާއިރު އެ ލޯންޗާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި ލިބިފައިނުވާކަމަށާއި އަދި ލޯންޗު ފެނިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
މިއަދު ހެނދުނު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ ލޯންޗަކީ ކޮން ނަމެއް ކިޔާ، ކޮން ރިސޯޓަކަށް ނިސްބަތްވާ، ކޮން ކުންފުންޏަކަށް ނިސްބަތްވާ ލޯންޗެއްކަންވެސް ނޭނގޭ ކަމަށެވެ.
"މި ލޯންޗު އަދިވެސް ނުފެނޭ، އެހެންކަމުން މި ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު މިކަމަށް ސަމާލުކަންދިނުން އެދެނެ. އަދި މި ލޯންޗާއިބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުމަށް އެދެން" އާޒިމް ވިދާޅުވި އެވެ.
ބަންޑުން ޖަހާލާފައި އޮތް ލޯންޗެއް ފެނިގެން ރޭ 23:00 ހާއިރު ސިފައިންނަށް ރިޕޯޓްކުރީ މާލެއިން ފުރައިގެން އަނަންތަރަ ރިސޯޓަށް ދަތުރުކުރި "ޝާހީ 3" ނަމަކަށްކިޔާ ދޯންޏަކުން ކަމުގައި އެމްއެންޑީއެފުން ބުނެ އެވެ. އަދި އެ ލޯންޗު ބަންޑުން ޖަހާލާފައި އޮތްއިރު އޭގައި މީހަކު ނެތް ކަމަށާއި އުޅަނދެއް ގެއްލިގެން ރިޕޯޓްކޮށްފައިނުވާކަމުގައިވެސް އެމްއެންޑީއެފުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް