އިތުރު 16 މީހަކު މިއަދު ބަލިން ރަނގަޅުވި، ކޯވިޑަށް ޕޮސިޓިވްވީ 13 މީހުން

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 16 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ. އެޗްޕީއޭއިން މިރޭ އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން ...

29 Jun 2020 | 17:27

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 16 މީހަކު ބަލިން ރަނގަޅުވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން މިއަދު 16 މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. އެއާއި އެކު ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 1،927 މީހަކު ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ 13 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި ބަންގްލަދޭޝްގެ ހަތް މީހަކާއި އިންޑިއާ މީހެކެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގައި މިހާރު ކޮންމެ ދުވަހަކު ޕޮސިޓިވްވަމުންދާ އަދަދަކީ ކޮންޓްރޯލް އަދަދެއް ކަމަށެވެ. ރާއްޖެއިން އާންމުކޮށް ޕޮސިޓިވްވަނީ އުމުރުން 18 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުންނެވެ.

މިއަދުގެ ނިޔަލަށް ރާއްޖެއިން ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 49،338 ސާމްޕަލެވެ. އޭގެ ތެރެއިން ޕޮސިޓިވްވެފައިވަނީ ފަސް ޕަސެންޓު މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 2،337 މީހުންނެވެ. އޭގެ ތެރެއިން މި ބަލީގައި މަރުވެފައިވަނީ އަށް މީހެކެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހަަތަރު ދިވެހިންނާއި ހަތަރު ބަންގްލަދޭޝް މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް