ކިނބުލަށް ވީގޮތް ބަލާނަން: އެމްއެންޑީއެފް

ކުޑަކުދިންގެ ބަގީޗާގައި 2015 އާއި ޖެހެންދެން ބަންދުކޮށްގެން ގެންގުޅުނު ކިނބުލަށް ވީގޮތް ބަލާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ. އެމްއެންޑީއެފް އިން ބޭއްވި ނޫސ...

29 Jun 2019 | 07:59

ކުޑަކުދިންގެ ބަގީޗާގައި 2015 އާއި ޖެހެންދެން ބަންދުކޮށްގެން ގެންގުޅުނު ކިނބުލަށް ވީގޮތް ބަލާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިއެއް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ، އެޔަށް ހެދިގޮތް އެނގިވަޑައިނުގަންނަވާ ނަމަވެސް، ވީގޮތެއް ބަލާނެ ކަމުގައެވެ. އަދި އެއީ އިންޓާނަލް ކަމަކަށްވުމުން، އެމްއެންޑީއެފް ތެރެއިން އެ މައްސަލަ ބެލުމަށްފަހު ވީގޮތެއް މީޑިއާ އާއި ހިއްސާކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އޮތް ކިނބޫ އެހެން ތަނަކަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ މެއި މަހުގައެވެ. ކުޑަކުދިންގެ ބަގީޗާގައި ގިނަ އަހަރުތަކެއް ވަންދެން އޮތް އެ ކިނބޫ، ބަޑި ޖަހާ މަރައިލި ހަބަރުތަކެއް ވެސް ކުރިން ވަނީ ފެތުރިފައެވެ. އެ ކިނބުލަށް ހެދިގޮތެއް އެމްއެންޑީއެފުން ހާމަކޮށްފައެ ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް