އިމާރާތްކުރުމުގެ ހަ ބާވަތެއް ގެނައުމަށް ޕްލޭނިންގ މިނިސްޓްރީގެ ހުއްދަނަގަން ހަމަޖައްސައިފި

އިމާރާތްކުރުމުގެ ހަ ބާވަތެއް ރާއްޖެ އެތެރެކުރާއިރު ޕްލޭނިންގ މިނިސްޓްރީގެ ހުއްދަ ނެގުމަށް އެ މިނިސްޓްރީން ހަމަޖައްސައިފިއެވެ. އެ މިނިސްޓްރީން އިމާރާތްކުރުމާއި ބެހޭ ދެ ގަވާއިދަކަށް އަމަލު ކުރަން ފަށާފަ...

29 Jun 2019 | 06:29

އިމާރާތްކުރުމުގެ ހަ ބާވަތެއް ރާއްޖެ އެތެރެކުރާއިރު ޕްލޭނިންގ މިނިސްޓްރީގެ ހުއްދަ ނެގުމަށް އެ މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އެ މިނިސްޓްރީން އިމާރާތްކުރުމާއި ބެހޭ ދެ ގަވާއިދަކަށް އަމަލު ކުރަން ފަށާފައިވާއިރު، އެ ދެ ގަވާއިދުގެ ތެރެއިން އެއް ގަވާއިދަކީ އިމާރާތް ކުރަން ބޭނުންކުރާ ތަކެތި އެތެރެ ކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވާއިދު ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ދެވަނަ ގަވާއިދަކީ އިމާރާތްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތި ޓެސްޓު ކުރާ ފަރާތްތަކުގެ ގަވާއިދު ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ގަވާއިދު ތަކާއި އެކު ހުއްދަ ނުނަގައި ރާއްޖެ އެތެރެ ނުކުރެވޭ ތަކެތީގެ ތެރޭގައި، ހުރިހާ ގްރޭޑެއްގެ ހިލަ، ރެޑީމޭޑް ހުރިހާ ބާވަތެއްގެ ގާ، ރެޑީ މިކްސް ކުރިހާ ގްރޭޑެއްގެ ކޮންކްރީޓް ހިމެނެއެވެ. މީގެ އިތުރުން، ސްޓްރަކްޗަރަލް ދަގަނޑު އަދި ކޮންކްރީޓަށް ބެނުންކުރާ ވެލި ހިމެނެއެވެ.

އެ މިނިސްޓްރީން ބުނީ، މިމަހުގެ 18 ވަނަ ދުވަހު އީމެއިލްގެ ޒަރީއާއިން އިމާރާތްކުރުމާއި ގުޅޭ ހުރިހާ ކުންފުންޏަކަށް މި ގަވާއިދާއި ބެހޭގޮތުން މައުލޫމާތު ދީފައިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް