ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ވައިޓް އެލާޓް ނެރެފިއެވެ.
މި ސަރަހައްދަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ، ބޯކޮށް ވާރެ ވެހުމާއި އެކު، ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.
މި ސަރަހައްދަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު 9:30 އިން 14:30 އަށެވެ.
މިއަދުގެ މޫސުން ލަފާކުރާއިރު، ދެކުނާއި މެދު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ގުގުރުމާއި އެކު ބޯކޮށް ވާރެ ވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއި އެކު ކެރީގެ އަސަރު ކުރާނެކަމަށް ލަފާކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް