ސްޕޯޓްސް ޕްލަސްގެ ތަފާތު ޕްރޮމޯޝަނެއް: ވޯލްޑް ކަޕުން ކަޓާ ޓީމްތަކަށް ޚާއްސަ ފޯނު ކަވަރު މުޅިން ހިލޭ

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގެ މެޗުތައް މިހާރު ވަނީ ނިމިފައެވެ. ގަދަ 16 ޓީމު ކަށަވަރު ވެފައިވާއިރު، ގަދަ 16 ގެ މެޗުތައް މާދަން ރޭ ފަށާނެއެވެ. ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ސަޕޯޓް ކުރާ ގިނަ ގައުމ...

29 Jun 2018 | 12:00

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގެ މެޗުތައް މިހާރު ވަނީ ނިމިފައެވެ. ގަދަ 16 ޓީމު ކަށަވަރު ވެފައިވާއިރު، ގަދަ 16 ގެ މެޗުތައް މާދަން ރޭ ފަށާނެއެވެ.

ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ސަޕޯޓް ކުރާ ގިނަ ގައުމުތައް ލައްކަ އުނދަގުލާއެކު ވިޔަސް ގަދަ 16 އަށް ދަތުރު ކޮށްފިއެވެ. އެހެނަސް ބައެއް ގައުމުތަކުގެ ސަޕޯޓަރުން ޔަގީނުން ވެސް ރޮއްވާލައިފިއެވެ. ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވޭނެކަމަށް ބަލަބަލާ ތިއްބާ ހިތްދަތިކޮށް، އެންމެން ހައިރާން ކޮށްލުމަށް ފަހު ކެޓި ޓީމުތައް ވެސް އެބަ ހުއްޓެވެ.

ދެން ނުރޯށެވެ. ދެރަ ނުވާށެވެ. ތިޔައީ ހިތްވަރު ގަދަ، ފުޓްބޯޅައަށް ލޯބި ކުރާ ސަޕޯޓަރުންނެވެ. މޮޅެކޭ އެއްގޮތަށް، ބަލިވިޔަސް، އެއްވަރު ވިޔަސް، ކެޓިޔަސް، ތިޔަ ސަޕޯޓް ކުރާ ޓީމަށް އަބަދު ވެސް ސަޕޯޓް ކުރާނެކަން އެނގެއެވެ.

ވީއިރު، ކެޓިޔަސް، އެ ސަޕޯޓް ދައްކާލަން މިއޮތީ ރަނުގެ ފުރުސަތެކެވެ. ސްޕޯޓްސް ޕްލަސް އިން މި ވަނީ ވަރަށް ވެސް ތަފާތު ޕްރޮމޯޝަނެއް ފަށާފައެވެ. ވޯލްޑް ކަޕުން ކަޓާ ޓީމުތަކަށް ޚާއްސަ ފޯނު ކަވަރު މުޅިން ހިލޭ ދޫކޮށްލަނީއެވެ. ތިބާ ސަޕޯޓް ކުރާ ޓީމު ކަޓާއިރަށް ހަމަ ވަގުތުން، ސްޕޯޓްސް ޕްލަސްއަށް ޖައްސާލާށެވެ. އެ ޓީމަށް ޚާއްސަ ފޯނު ކަވަރު ހަމަ މުޅިން ހިލޭ ލިބޭނެއެވެ.

މި ވަގުތު ސްޕޯޓްސް ޕްލަސްގައި ހުރި ފޯނު ކަވަރުތަކަށް ބަލާއިރު، އައި ފޯން 6،7،8 އަދި އައި ފޯން 6 ޕްލަސް، 7 ޕްލަސް، 8 ޕްލަސްގެ އިތުރުން ސަމްސަންގް ނޯޓް 8 އަދި އެސް 9 އާއި އެސް 9 ޕްލަސްގެ ކަވަރު ވެސް ލިބެން އެބަހުއްޓެވެ.

މި ޕްރޮމޯޝަންގެ ދަށުން، އަދި މުޅިން ހާއްސަ އެހެން ކަމެއް ވެސް ސްޕޯޓްސް ޕްލަސް އިން ވަނީ ތަޢާރަފު ކޮށްފައެވެ. ސަޕޯޓަރުންނަށް ޚާއްސަކޮށް، ވޯލްޑް ކަޕްގައި ވާދަކުރާ ގައުމުތަކުގެ ދިދަ ހިމަނައިގެން އެކި ބާވަތް ބާވަތުގެ ތަކެތި ސްޕޯޓްސް ޕްލަސް އިން ލިބެން ހުރިއިރު، ވޯލްޑް ކަޕުން ކަޓާފައިވާ ޓީމުތަކުގެ ފޯނު ކަވަރު ފިޔަވާ ދެން ހުރި ތަކެތިން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެއެވެ. ވޯލްޑް ކަޕުން ކަޓާ ޓީމުތަކުގެ ސަޕޯޓަރުންނަށް ހާއްސަ ދިދަ، ޖާޒީ، މަގް، ތުވާލި އަދި އަތުގައި އަޅާ ތަކެތި ފަދަ ހުރިހާ އެއްޗަކުން ވެސް ހަމަ 50 އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ.

ވީމާ ތިބާ ސަޕޯޓް ކުރާ ޓީމު ކެޓުމުން މާޔޫސްވެ ދޮޅި އެލުވާނުލާށެވެ. ކެޓިޔަސް، ސަޕޯޓް ދައްކާލާށެވެ. ސްޕޯޓްސް ޕްލަސް އިން ހިލޭ ލިބޭ ފޯނު ކަވަރު ހޯދައިގެންނެވެ. ނޫންނަމަ 50 އިންސައްތަ ޑިސްކައުންޓް ލިބޭ، ސަޕޯޓަރުންނަށް ޚާއްސަ އެންމެހާ ތަކެތި ގަނެގެންނެވެ.

ސްޕޯޓްސް ޕްލަސް ހުންނާނީ ރެހެންދި ހިނގުމުން، ޓީވީއެމް ކައިރީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް