ޒަމާން ތަކަކަށްފަހު ސައުދީ އަރަބިއްޔާގައި އަންހެން ކަނބަލުންނަށް ވެހިކަލް ދުއްވުމުގެ ލައިސަންސް ދީފައިވާއިރު ކަނބަލުންގެ ކާރަށް ފިރިހެނުން އެރުވުމުގައި މައްސަލައެއް ނެތް ކަމަށް ސައުދީ ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.
ސައުދީ ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވަނީ ޑްރައިވިން ލައިސަންސް އޮންނަ އަދި އަމިއްލަ ކާރު އޮންނަ އަންހެން ކަނބަލުންނަށް ޓެކްސީ ކުރާ ކުންފުނިތައް ނުވަތަ "ރައިޑް-ހެއިލިންގ" ކުންފުނިތަކާއި ބައިވެރިވެވިދާނެ ކަމަށެވެ. އަދި ވަކި ޖިންސެއް ނެތި ހިދުމަތް ދެވިދާނެ ކަމަށެވެ.
ސައުދީ ޓްރާންސްޕޯޓް އޮތޯރިޓީން މިހެން ބުނެފައިވަނީ ޓްރާންސްޕޯޓް ސެކްޓަރުގައި އަންހެން ކަނބަލުންނަށް ސައުދީގައި ފުރުސަތު ނެތްކަމަށްބުނެ ސޯޝަލް މީޑިއާގައި ހަބަރުތައް ފަތުރަން ފެށުމުން އެކަން ދޮގުކޮށް ނެރުނު ނޫސްބަޔާނެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް