މިއަހަރުވެސް އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތައް އެކްސްޕޯޓު ކުރާނީ އެންމެ ކުޑަ އަގުގައި

އިންޑިއާއިން ރާއްޖެއަށް އިމްޕޯޓު ކުރާ ކާޑުގެ ބާވަތްތަކަށް ދޫކުރާ ކޯޓާ އާކޮށްދީފި އެވެ. އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒްއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާގޮތުގ...

29 Jun 2017 | 10:28

އިންޑިއާއިން ރާއްޖެއަށް އިމްޕޯޓު ކުރާ ކާޑުގެ ބާވަތްތަކަށް ދޫކުރާ ކޯޓާ އާކޮށްދީފި އެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒްއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި ކޯޓަ އާ ކޮށްފައިވަނީ މިއަހަރުގެ އޭޕްރިލް މަހުން ފެށިގެންނެވެ. އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތައް އެކްސްޕޯޓު ކުރަނީ ދެ ގައުމުގެ ދެމެދުގައި ހަދާފައިވާ ބައިލެޓްރަލް އެގްރިމެންޓެއްގެ ދަށުންނެވެ.

މި އެއްބަސްވުމުގެ ދަށުން އިންޑިއާގައި އެކްސްޕޯޓު  ކުރާ ބާވަތްތަކުގެ އަގަށް ގެންނަ ބަދަލެއްގެ ސަބަބުން ރާއްޖެއަށް އެކްސްޕޯޓު ކުރާ ކާޑުގެ ބާވަތްތައްކުގެ އަގު ބޮޑެއް ނުކުރާނެ އެވެ. އަދި ރާއްޖެއަށް ކާޑުގެ ބާވަތްތައް އެކްސްޕޯޓު ކުރާނީ އެތަކެތި އެކްސްޕޯޓު ކުރާ އެންމެ ހެޔޮ އަގުގައި އެވެ. މިއަހަރު ކޯޓާ އާކުރީވެސް މިގޮތަށެވެ.

އިންޑިއާއިން ހެޔޮ އަގުގައި ރާއްޖެއަށް އިމްޕޯޓު ކުރާ ތަކެތީގެ ތެރޭގައި ހަކުރު، ފުށް، ހަނޑޫ، ފިޔާ އަދި އަލުވި ހިމެނެ އެވެ. އެގޮތުން އާ ކުރި ކޯޓާގެ ދަށުން އެޕްރިލް މަހުން ފެށިގެން އަހަރަކަށް 67640.24 މެޓްރިކް ޓަނުގެ ހަނޑުލާއި 59442.17 މެޓްރިކް ޓަނުގެ ފުށާއި 11706.30 މެޓްރިކް ޓަނުގެ ހަކުރާއި 11714.45 މެޓްރިކް ޓަނުގެ އަލުވި އާއި އަދި 19466.36 މެޓްރިކް ޓަނުގެ ފިޔާ އިމްޕޯޓު ކުރުމުގެ ހުއްދަ ދީފަވެ އެވެ.

ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ފިޔާ އަދި އަލުވި ރާއްޖެއަށް އެންމެ ގިނައިން ގެންނަނީ އިންޑިއާ އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް