ބިހުގައި ގޯހެއް އުޅޭނަމަ ދޮގު ވާހަކަ ނުފަތުރާ، ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާ

ރާއްޖެއަށް ޕްލާސްތީކް ބިސް އެތެރެކޮށް ވިއްކަމުން ދާކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ...

29 Jun 2017 | 09:44

ރާއްޖެއަށް ޕްލާސްތީކް ބިސް އެތެރެކޮށް ވިއްކަމުން ދާކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޕްލާސްޓިކް ބިސް ރާއްޖެއަށް އެތެރެކޮށްގެން ވިއްކާކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އެހެން ކަމުން އާންމުންނަށް  ޝައްކު އުފެދޭ ފަދަ ކަމެއް ބިހުގައި ހުރި ނަމަ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

އަދި ޕްލާސްޓިކް ބިސް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ފަތުރަމުންދާ ހަބަރުތަކަކީ ދޮގު މައުލޫމާތުތަކަކަށްވާތީ އެފަދަ ހަބަރު ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މިފަދަ ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން މިހެން ބުނެފައިވާއިރު އިއްޔެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައިވަނީ ރާއްޖެއަށް އެތެރެކޮށް ވިއްކާ ބިހުގައި ޕްލާސްޓިކް އެކުލެވޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. އަދި އެހެން ބިސްތަކަށް ވެފައި ހުންނަނީ ރާއްޖޭގައި ބިސް ގުދަން ކުރެވިފައި ހުންނަ ގޮތުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް