ހިތަދޫ ގެއެއްގެ ތެރޭގައި އޮތް ކާރެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި އޮތް ކާރެއްގައި، އަލިފާން ރޯވެ ބޫނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.. ރޯވެފައިވަނީ އެމްއާރްޑީސީ ހިތަދޫ ސައިޓް އޮފީހުގެ މެނޭޖަރު ކަން ކުރަމުން އަންނަ އަބްދުﷲ ރަޝީދ...

29 Jun 2017 | 08:34

އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި އޮތް ކާރެއްގައި، އަލިފާން ރޯވެ ބޫނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ..

ރޯވެފައިވަނީ އެމްއާރްޑީސީ ހިތަދޫ ސައިޓް އޮފީހުގެ މެނޭޖަރު ކަން ކުރަމުން އަންނަ އަބްދުﷲ ރަޝީދުގެ ގޭގައި ދިރިއުޅޭ ފުލުހެއްގެ ކާރެއްގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކާރުގައި ރޯވި ކަމަށް ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު 2:30 ހާއިރު ކަމަށާއި ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު އަދި އާންމުންގެ އެހީތެރިކަމާއި އެކު އަލިފާން ގަނޑު ނިއްވާލެވުނުއިރު ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށެވެ.

މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް