އަވައްޓެރި ސްރީލަންކާގައި އޮންނަ ވޯކްޝޮޕެއްގައި ބައިވެރިވުމަށްޓަކައި ޖަމްޢިއްޔަތުއްސަލަފުގެ ތިން މެމްބަރުން ލަންކާއަށް ދިއުމަށް ހަމަޖެހިއްޖެއެވެ.
ޖަމްޢިއްޔަތުއްސަލަފުން ޚަބަރުދޭ ގޮތުގައި ޖުލައި ތިނަކުން ޖުލައި އަށަކަށް ކުރިއަށްދާ އިންޓާނޭޝަނަލް ސެޓިފިކޭޝަން އިން ސިކްސް ސިގްމާ ގައި ބައިވެރިވުމަށްދާ މިދަތުރުގައި ސަލަފުގެ ފަރާތުން ބައިވެރިވާނީ ހިންގާ ކޮމެޓީގެ މެމްބަރު ޙަސަން އަޒްމާން އާއި ހިންގާ ކޮމެޓީގެ މެމްބަރު އަދި އުޔޫން ޓިއުޝަން ސެންޓަރުގެ އެކަޑަމިކް ކޯޑިނޭޓަރު މުޙައްމަދު ސުޖާ އަދި ސަލަފުގެ އިވެންޓް ކޯޑިނޭޓަރެއްކަމަށްވާ ޖުބްރާން ނާފިޒް އެވެ.
މިވޯކްޝޮޕުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދޭނީ މައްސަލަތައް ހައްލުކުރުމާއި ޕްރޮޖެކްޓްތައް ރާވާ ހިންގުން ތަރައްޤީކުރުމުގެ ފަންނުކަމަށް ޖަމްޢިއްޔަތުއްސަލަފުން ޚަބަރުދީފައިވެއެވެ.
ދީނީ އަދި އިޖްތިމާޢީ ތަފާތު ގިނަ ޕްރޮގްރާމްތައް ހިންގަމުންގެންދާ ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިއަށް އޮތްތާނގައި ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް އާއިބެހޭ ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި އެފަދަ ޕްރޮގްރާމް ތައް ރާވާ ހިންގުމަށްވަނީ ނިންމާފައިކަމަށް އެޖަމްޢިއްޔާއިން ޚަބަރުދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް