މިދިޔަ ރޯދަ މަހަށްވުރެ ކުށް މަދު އެކަމަކު ފޭރުމާއި ދުވާލު ކެއުމުގެ މައްސަލަތައް ގިނަ!

މިދިޔަ އަހަރުގެ ރޯދަ މަހާއި އަޅާ ބަލާއ އިރު މިއަހަރުގެ ރޯދަ މަހު ފޭރުގެ މައްސަލަތައް ދެ ގުނައަށް އިތުރުވެއްޖެ އެވެ. ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ އަހަރުގެ ރޯދަ މަހު ފުލުހ...

29 Jun 2017 | 04:06

މިދިޔަ އަހަރުގެ ރޯދަ މަހާއި އަޅާ ބަލާއ އިރު މިއަހަރުގެ ރޯދަ މަހު ފޭރުގެ މައްސަލަތައް ދެ ގުނައަށް އިތުރުވެއްޖެ އެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ އަހަރުގެ ރޯދަ މަހު ފުލުހުންނަށް ހުށަހެޅުނީ ފޭރުގެ 29 މައްސަލަ އެވެ. އެ އަދަދު  މިއަހަރުގެ ރޯދަ މަހު 50 ށް ވަނީ އިތުރުވެފައި އެވެ. ފޭރުގެ ގިނަ މައްސަލަތަކެއް މިއަހަރު ފެންމަތިވި އިރު ތަކުރާރުކޮށް އެއް ބަޔަކުވެސް ހައްޔަރުކޮށްފައިވެ އެވެ.

ރޯދަ މަހު ދުވާލު ގަޑީގައި އުޒުރެއް ނެތި ރޯދައަށް ނުހުރެ ކައި ބޮއެ ހެދި ކަމުގެ ތުހުމަތުގައި މިއަހަރުގެ ރޯދަ މަހު 26 މައްސަލައެއް ހުށަހެޅިފައިވެ އެވެ.  އަދި އެ މައްސަލަތަކުގައި 29 މީހަކު ހައްޔަރުކޮށްފައިވެ އެވެ. މިދިޔަ އަހަރު ހުށަހެޅިފައިވަނީ ރޯދަ މަހު ރޯދަ ދޫކޮށްލުމުގެ 21 މައްސަލައެކެވެ. އަދި ހައްޔަރުކޮށްފައިވަނީ 17 މީހުންނެވެ.

މީގެ އިތުރުން މިއަހަރުގެ ރޯދަ މަހު މާރާމާރީގެ 69 މައްސަލައެއް ފުލުހުންނަށް ހުށަހެޅުނު އިރު މިދިޔަ އަހަރު ހުށަހެޅުނީ 63 މައްސަލަ އެކެވެ. ވައްކަމުގެ 271 މައްސަލަ މިދިޔަ އަހަރުގެ ރޯދަ މަހު ހުށަހެޅުނު އިރު މިއަހަރު ހުށަހެޅުނީ 220 މައްސަލަ އެވެ. ޓްރެފިކް އެކްސިޑެންޓުގެ 180 މައްސަލަ މިދިޔަ ރޯދަމަހު ހުށަހެޅުނު އިރު މިއަހަރުގެ ރޯދަ މަހު ހުށަހެޅިފައިވަނީ 177 މައްަލަ އެވެ.

ފުލުހުން ބުނީ ޖުމްލަކޮށް މިދިޔަ އަހަރަށް ވުރެ މިއަހަރު ކުށްކުރުން މަދު ކަމަށެވެ. އެގޮތުން މިދިޔަ ރޯދަ މަހު ޖުމްލަ 1313 މައްސަލަ ހުށަހެޅުނު އިރު މިއަހަރުގެ ރޯދަ މަހު އެ އަދަދު ވަނީ 1223 ށް މަދުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް