ޕްލާސްޓިކް ބިސް އެތެރެކޮށް ވިއްކާ ވާހަކަ އެމްއެފްޑީއޭ އިން ދޮގު ކޮށްފި

ރާއްޖެއަށް ޕްލާސްޓިކް ބިސް އެތެރެކޮށް ވިއްކާ ކަމަށްބުނެ ދެކެވޭ ވާހަކަތަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދޮގުކޮށްފި އެވެ. އެމްއެފްޑީއޭ އިން މިއަދު މީޑިއާގައި ބުނެފައިވަނީ ޕ...

28 Jun 2017 | 19:16

ރާއްޖެއަށް ޕްލާސްޓިކް ބިސް އެތެރެކޮށް ވިއްކާ ކަމަށްބުނެ ދެކެވޭ ވާހަކަތަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދޮގުކޮށްފި އެވެ.

އެމްއެފްޑީއޭ އިން މިއަދު މީޑިއާގައި ބުނެފައިވަނީ ޕްލާސްޓިކް ބިސް އެތެރެކޮށްފައިވާ ކަމުގެ ޝަކުވާ ލިބިގެން ޓެސްޓުތަކެއް ކޮށްފައިވާ ކަމަށެވެ. އެކަމަކު އެފަދަ ކަމެއް ފާހަގަވެފައި ނުވާ ކަމަށާއި ބިހަށް އައިސްފަ ހުންނަ ބަދަލަކީ ގުދަން ކުރުމުގެ ސަބަބން އައިސްފައި ހުންނަ ބަދަލެއް ކަމަށެވެ.

ހެލްތް މިނިސްޓްރީން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ އެފަދަ ޝަކުވާތަކެއް ލިބިފައިވާތީ އިތުރަށް ޓެސްޓުތައް ހަދަމުންދާ ކަމަށެވެ.

ޕްލާސްޓިކް ބިސް ވިއްކަމުންދާ ކަމަށްބުނެ ގިނަ ދިވެހިންތަކެއް މިކަމާއި ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އަތޮޅުތެރޭގެ ރަށަކުންނާއި، މާލޭގެ އިތުރުން، ހުޅުމާލެއިންވެސް މި ބާވަތުގެ ބިސް ފެނިފައިވާކަމަށް ބުނެ ސޯޝަލް މީޑީޔާގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް