އުމުރުން 18 އަހަރު ނުވާ ކުޑަ އަންހެންކުއްޖަކު ގަދަކަމުން ގެއިން ބޭރަށް ނެރެ ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ އެއީ މިމަހުގެ 23 ވަނަ ދުވަހުގެރޭގައި ހިނގިކަމެއް ކަމަށާއި މައްސަލަ ހުށަހަޅާފައިވަނީ އިއްޔެ ކަމަށެވެ. އަދި އެއީ ފުލުހުންގެ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޒަންގެ ރަށަކުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުންގެ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޒަންގައި ހިމެނޭ އަތޮޅުތަކަކީ ކ. އަތޮޅާއި އއ. އަތޮޅާއި ދ. އަތޮޅުގެ އިތުރުން ވ. އަތޮޅެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށާއި ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް