އިތުރު ތިން ރަށެއްގައި މަޝްރޫއުތަކެއް ހިންގުމަށް އިންޑިއާ އިން އެހީއެއް ދެއްވައިފިއެވެ.
ރާއްޖޭގެ އިޖްތިމާއީ އަދި އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެއްވާފައިވާ 100 މިލިއަން ރުފިޔާގެ ތެރެއިން ރ. ކިނޮޅަހާއި، ނ. ޅޮހީގެ އިތުރުން ހއ. އިހަވަންދޫގައި މަޝްރޫއުތަކެއް ހިންގަން ވަނީ އެހީ ދެއްވާފައެވެ.
އިންޑިއާ އިން ވެދެއްވާފައިވާ އެހީގެ ދަށުން، ކިނޮޅަހާއި ޅޮހީގައި ކްރާސްރޫމް އިތުރުކޮށް އިހަވަންދޫގައި އިމަޖެންސީ މެޑިކަލް ހިދުމަތް ގާއިމްކުރެވޭނެ ކަމަށް ފޮރިން މިނިސްޓަރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ދ. ވާނީ ގައި ހުންނަ ފުލުހުން ތަމްރީނު ކުރުމަށް ޚާއްސަކޮށްފައިވާ ޓްރެއިނިންގ ސްކޫލަށް އިންޑިއާ ސަރުކާރުން ވަނީ ހިލޭ އެހީ ދެއްވާފައެވެ. އަދި އއ. އުކުޅަހުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށް ވެސް 7 ލައްކަ އަށް ވުރެ ގިނަ ރުފިޔާގެ ހިލޭ އެހީ އިންޑިއާ ސަރުވާރުން ވަނީ ވެދެއްވާފައެވެ.
މި އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވެފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް