ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ 6000 މީހުން އެބަ ތިބިކަމަށް ޕެންޝަން އޮފީހުން މިއަދު ބުނެފިއެވެ.
ޕެންޝަން ފަންޑު ބޭނުންކޮއްގެން ހައްޖަށް ދެވޭނީ ރިޓަޔަމެންޓް ބެލެންސްގައޮ 336000ރ ޖަމާވެފައިވާ މީހުންކަމަށާއި މި އަދަދު ހަމަވެފައިވީނަމަވެސް އެއް ފަހަރު ހައްޖަށަ ގޮސްފައިވާ މީހަކަށް އެ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށް ޕެންޝަން އޮފީހުންވަނީ ބުނެފައެވެ.
ފަރުޟު ހައްޖު އަދާކުރަން ޕެންޝަން ފަންޑުން ދެނީ ހަރަދުގެ 50 ޕަސެންޓެވެ.
މީގެއިތުރުން މިހާރު ފަންޑަށް ޖަމާވެފައިވާ މިންވަރުން ހައްޖަށް ދާން ފައިސާ ލިބޭ ހާލަތުގައި ތިބި މީހުންގެ ލިސްޓު ވަރަށް އަވަހަށް އާންމުކުރަން ޕެންޝަން އޮފީހުން ވަނީ ހަމަޖައްސާފައެވެ.
ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް