ގަހެއްގެ ގޮފިގަނޑެއް ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެ

ފަރީދީމަގުގައި ހުރި ބޮޑު ގަހެއްގެ ގޮފިގަނޑެއް ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގީ މިއަދު 11:57 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަނިޔާ ލިބުނު ބިދޭސީ މީހާ މިހާރު ވަނީ އައިޖީއ...

29 May 2019 | 09:46

ފަރީދީމަގުގައި ހުރި ބޮޑު ގަހެއްގެ ގޮފިގަނޑެއް ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގީ މިއަދު 11:57 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަނިޔާ ލިބުނު ބިދޭސީ މީހާ މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ނޮވެލްޓީ ބުކްޝޮޕް ކުރިމަތީ ހުރި ގެއެއްގައި ހުރި މި ގަހުގެ ގޮފިގަނޑު ވެއްޓިފައި ވަނީ، ޕާކްކޮށްފައި ހުރި ސައިކަލުތަކެއްގެ މައްޗަށެވެ. އޭގެ ސަބަބުން ބައެއް ސައިކަލަށް ގެއްލުން ލިބިފައި ވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ދުވަސްކޮޅަކީ ވިއްސާރަ ދުވަސްކޮޅެކެވެ. މިއަދު ހެނދުނު ވަނީ މާލެ ސަރަހައްދަށް ގަދަ ވަޔާއި އެކީ ވާރޭ ވެހިފައެވެ. މިއީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މި ވިއްސާރައިގެ އަސަރު މުޅި ރާއްޖެއަށް ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް