ދިރިހުއްޓާ އަންދާލި ޕާކިސްތާނުގެ ދަރިވަރުގެ މައްސަލައިގާ 16 މީހަކަށް ދައުވާކުރަނީ

މިދިޔަ މަހު ދިރިހުއްޓާ އަންދާލާފައިވާ އުމުރުން 19 އަހަރުގެ ނުސްރަތު ޖަހާން ރަފީގެ މަރުގެ މައްސަލާގައި ހެޑް ޓީޗަރާއެކު 16 މީހުންނަށް ދައުވާ ކުރަން މިއަދު ނިންމައިފިއެވެ. ބަންގްލަދޭޝްގެ ޕޮލިސް ބިއުރޯ އޮ...

29 May 2019 | 08:46

މިދިޔަ މަހު ދިރިހުއްޓާ އަންދާލާފައިވާ އުމުރުން 19 އަހަރުގެ ނުސްރަތު ޖަހާން ރަފީގެ މަރުގެ މައްސަލާގައި ހެޑް ޓީޗަރާއެކު 16 މީހުންނަށް ދައުވާ ކުރަން މިއަދު ނިންމައިފިއެވެ.

ބަންގްލަދޭޝްގެ ޕޮލިސް ބިއުރޯ އޮފް އިންވެސްޓިގޭޝަންއިން ބުނެފައިވަނީ ދައުވާކުރަނީ 16 މީހުންނަށް ކަމަށާއި އޭގެ ތެރޭގައި ރަފީގެ ކްލާހުގައި އުޅުނު ދެ އަންހެން ކުދިންވެސް ހިމެނޭ ކަމަށެވެ. އަދި ދައުވާކުރާ އެންމެނަށް މަރުގެ އަދަބު އިއްވަން ފެންނަކަމަށް ޕީބީއައިގެ ލީޑް އިންވެސްޓިގޭޓަރ މުހައްމަދު އިގްބާލް ބޭރުގެ މީޑިއާއެއްގައި ބުނެފައިވެއެވެ.

އިގްބާލް ބުނެފައިވަނީ މަދުވެގެން ފަސް މީހުންވެގެން ރަފީގައިގާ ރޯކޮއްލުމުގެ ކުރިން ބަނދެފައިވާ ކަމަށާއި، އެމީހުން އެކަން ކުރީ ރަފީ  އަމިއްލައަށް މަރުވިކަން ދެއްކުމަށް ކަމަށެވެ.

މި ހާދިސާގެ ކުރިން މާރޗްމަހު ރަފީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ގޮސްފައިވާ ކަމަށާއި، ލީކް ވެފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުން އެމީހުން ރަފީ ކައިރި އެއީ މާބޮޑު ކަމެއް ނޫންކަމަށް ފުލުހުން ބުނެފައިވާތަން ފެންނަކަމަށް ބޭރުގެ މީޑިއާއެއްގައި ބުނެފައިވެއެވެ.

ރަފީ މަރާލާފައިވަނީ ބަޔަކު ގަދަކަމުން އޭނާ ކިޔަވަމުން އަންނަ ސްކޫލުގެ ޓެރަހަށް އޭނާ އަރުވާ، ޓީޗަރާއި ދެކޮޅަށް ކޮށްފައިވާ ކޮމްޕްލޭން ނެގުމަށް އެދުމަށްފަހު އެކަމަށް ރަފީ ދެކޮޅު ހެދުމުން ގަޔަށް ކަރާސީނު އަޅާ އަންދާލައިގެންނެވެ. ރަފީގެ ގައިގެ 80 އިންސައްތަ ފިހުނުއިރު، ރަފީ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް މިދިޔަ މަހުގެ 10 ވަނަދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް