ކަމަދޫ ވިޔަފާރިވެރިން ހޭލުންތެރި ކުރުމަށް ފުލުހުން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ބ. ކަމަދޫގައި ގެސްޓް ހައުސްއާއި ވިޔަފާރި ހިންގާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އޭދަފުށި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި މެއި 25 ވަނަ ދުވަހު ކުރިއަ...

29 May 2019 | 08:28

ބ. ކަމަދޫގައި ގެސްޓް ހައުސްއާއި ވިޔަފާރި ހިންގާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އޭދަފުށި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މެއި 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގެ ތެރެއިން، ކަމަދޫގައި ހިންގާ ގެސްޓް ހައުސްތަކާއި އަދި ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވެއެވެ.

އެގޮތުން ވައްކަންކުރާ ފަރާތްތަކަށް އެފުރުޞަތު ކުޑަކުރުމުގެ ގޮތުން ފައިސާ ގެންގުޅުމުގައި ސަމާލުކަށްދޭންޖެހޭ ކަންތައްތަކާއި ފިހާރަތަށް ބަންދުކުރާއިރު ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީން ކުރުމަށާއި އަދި ސެކިއުރިޓީ ކެމެރާ ހަރުކޮށް ބެލެހެއްޓޭނެ ނިޒާމު ޤާއިމުކޮށްފައި ބެހެއްޓުމުގެ މުހިންމުކަމާއި ގުޅޭގޮތުން ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވާނެ ކަމުގައި ފުލުހުން ބުނެއެވެ.

އަދި ގެސްޓް ހައުސްތަކަށް ޒިޔާރަތްކޮށް، ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދުގައި އާންމު އިޖުތިމާއީ މިންގަނޑުތައް ހިފެހެއްޓުމާއި ގުޅޭގޮތުން ފަތުރުވެރިންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށާއި އަދި ފަތުރުވެރިންނަށް ލިބޭ ގެއްލުން ކުޑަކުރުމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް