މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ހދ. މަކުނުދޫގެ ދެ ގެއެއްގެ ފުރާޅު ވިއްސާލައިފިއެވެ.
ފުލުހުން ވިދާޅުވީ، ރޭ ފަތިހުން ފެށިގެން މަކުނުދޫއަށް ކުރަމުންދާ ވިއްސާރައިގައި އެރަށުގެ ދެ ގެއެއްގެ ފުރާޅުން ޓިނުތަޖެއް ވަޔާ އުކާލައިފައި ވާކަމަށެވެ. މި ހާދިސާ ހިނގީ މިއަދު ހެނދުނު 8:00 ހާއިރު ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، އެރަށު ސުކޫލްގެ ފާރު މައްޗަށް ގަހެއް ވެއްޓިފައި ވާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މިހާރު ރާއްޖެ އަށް ކުރަމުން މި ދާ ވިއްސާރައިގައި މިއަދު ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ވެސް ނެރެފައެވެ. ރާއްޖޭގެ ބޮޑު ހިސާބަކަށް މިހާރުވެސް ދަނީ ގަދަ ވަޔާއި އެކީ ވިއްސާރަ ކުރަމުންނެވެ. އެހެން ކަމުން މޫސުމާއި މެދު ސަމާލުވުމަށް ޑިޒާސްޓާ މެނޭޖްމެންޓުން އިލްތިމާސްކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް