ފެންބޮޑުވެދާނެތީ  ނ. އަތޮޅާއި އާއި ލ. އަތޮޅާއި ދެމެދުގެ ރަށްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅަން އިލްތިމާސް ކޮށްފި

މިހާރު ރާއްޖެއަށް ކުރަމުންމިދާ ހުޅަނގު މޫސުމުގެ ވިއްސާރައިގާ މިއަދު ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ލަފާކުރެވޭތީ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތ...

29 May 2019 | 07:41

މިހާރު ރާއްޖެއަށް ކުރަމުންމިދާ ހުޅަނގު މޫސުމުގެ ވިއްސާރައިގާ މިއަދު ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ލަފާކުރެވޭތީ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެގޮތުން އެ އޮތޮރިޓީން ބުނެފައިވަނީ މިއަދު ހެނދުނު 11:00 އިން ފެށިގެން މެންދުރުފަހު 3:00 އާއި ދެމެދުގެ ވަގުތުތަކުގައި ނ. އަތޮޅާއި ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ނިމުތު ކުރެވޭކަމަށެވެ. އިންޒާރުގެ ދަރަޖައަކީ ރީނދޫ ކަމުގައިވެސް ބުނެފައިވެއެވެ.

ދުރާލާ ރައްކާތެރިވުމުގެ ގޮތުގައި ވާރޭ ވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވެ، ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފައިވެއެވެ.

މިގޮތުން ގޭގެއަށް ފެންނުވަންނާނޭހެން ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުމާއި ގޭގެ ތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުން. އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުމާއި ގުގުރާ ހޮނުއެޅުމުގެ ސަބަބުން ހަލާކުވެދާނޭފަދަ ކަރަންޓް ތަކެތި ބޭނުންނުކުރާނަމަ ނިއްވާލާފައި ބެހެއްޓުމަށް އެންޑީއެމްއޭއިން އިލްތިމާސް ކޮށްފައިވެއެވެ.

މީގެ އިތުރުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވުމަށްވެސް އެންޑީއެމްއޭއިން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް