ދޯންޏެއްގެ އިންޖީނު ހުއްޓުމާ ގުޅިގެން ކޯސްޓްގާޑުން އެހީތެރިކަން ފޯރު ކޮއްދިނުމަށް ހަރަކާތްތެރިވާނ ފަށައިފި

މާލެއިން ރ.މާމުނަގައު ރިސޯޓްއަށް 11 މީހުންނާއެކު ދަތުރުކުރި 80 ފޫޓުގެ މުދާ އުފުލާ ދޯންޏެއްގެ އިންޖީނު ހުއްޓުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާރޑް ސްކުއަޑްރަންއިން އެހީތެރިކަން ފޯރުކޮއްދިނ...

29 May 2019 | 07:39

މާލެއިން ރ.މާމުނަގައު ރިސޯޓްއަށް 11 މީހުންނާއެކު ދަތުރުކުރި 80 ފޫޓުގެ މުދާ އުފުލާ ދޯންޏެއްގެ އިންޖީނު ހުއްޓުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާރޑް ސްކުއަޑްރަންއިން އެހީތެރިކަން ފޯރުކޮއްދިނުމަށް ހަރަކާތެރިވާން ފަށައިފިއެވެ.

"އަމާޒު 2" ނަމަކަށް ކިޔާ މި ދޯނީގެ އިންޖީނު ހުއްޓިފައިވަނީ ކ. އަރިފުށިގެ ހުޅަނގުން 2 ނޯޓިކަލް މައިލްސް ބޭރުން ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑްއަށް ލިބިފައިވަނީ މިއަދު ހެނދުނު 08:43 ގައި ކަމަށާއި މި ދޯނީގައި ތިބީ 10 ބިދޭސީންނާއި އެއް ދިވެއްސެއްކަމަށް މައުލޫމާތުލިބިފައިވެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ މި ދޯނީގެ ވެރިފަރާތުން ދޯނި ކަފުޖެހުމަށް އެހެން ދޯންޏެއްގެ އެހީތެރިކަން ހޯދަމުންދާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް