މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މަޖިލީހުގައި ތަޤްރީރު ކުރައްވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަންނަ މަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށް ނެގި ވޯޓުން އެކަން ފާސްވެއްޖެ އެވެ. މަޖިލީހުގެ އާ ރައީސް ރައީސް ނަޝ...

29 May 2019 | 07:19

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަންނަ މަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށް ނެގި ވޯޓުން އެކަން ފާސްވެއްޖެ އެވެ.

މަޖިލީހުގެ އާ ރައީސް ރައީސް ނަޝީދު ރޭގެ ޖަލްސާގައި ވިދާޅުވީ، 218 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގައި ބޭރުގެ ދައުލަތެއްގެ އެންމެ މަތީ ވެރިއަކު ވަޑައިގެން މަޖިލީހުގައި މުހާތަބު ކުރައްވާއިރު އެކަން ވެގެންދާން ޖެހެނީ ސިޔާސީ ޕާޓީތަކުގެ ވެރިންގެ މަޝްވަރާއާއެކުގައި، އެހޭ ވޯޓަކުން ނިންމޭ ނިންމުމެއްގެ މައްޗަށް ކަމަށެވެ.

މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ، ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ވަޑައިގަތުމަކީ ރާއްޖެއަށް ޚާރިޖީ ސިޔާސަތު ހަރުދަނާވަމުން އަންނަކަން ދައްކުވައިދޭ ކަމެއްކަމަށެވެ. އަދި މެމްބަރުން ވަނީ 2008 އަހަރުވެސް އިންޑިއާގެ ބޮޑުވަޒީރު މަޖިލީހުގައި ތަޤްރީރު ކުރެއްވިކަން ފާހަގަކުރައްވާފައެވެ.

މޯދީ ބޮޑުވަޒީރު ކަމާއި ދެ ވަނަ ފަހަރަށް ހަވާލުވުމަށްފަހު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރައްވާނީ ރާއްޖެ އަށެވެ. މިދަތުރުފުޅު ވާނީ މޯދީ ރާއްޖެއަށް ވަޑައިގަންނަވާ ދެވަނަ ދަތުރުފުޅަށެވެ. މޯދީ ފުރަތަމަ ވަޑައިގަތީ ރައީސް ސޯލިހު ހުވާކުރެއްވި ޖަލްސާ އަށެވެ.

މޯދީ ރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މިމަހުގެ ހަތެއް އަދި އަށް ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް