އުރީދޫ އެމްފައިސާ ބޭނުންކޮއްގެން ވިލާ ގޭހަށް ފައިސާ ދެއްކޭނެ ނިޒާމެއް ތައާރަފް ކޮއްފިއެވެ.
މި ހިދުމަތް ތައާރަފް ކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝީދާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ނަޖީބް ހާން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މި ހިދުމަތް މެދުވެރިކޮށް ކޮންމެ ތާކު ހުރެގެންވެސް ކަސްޓަމަރުންނަށް ވިލާ ގޭހަށް އޯޑަރުކޮށް، އޮންލައިންކޮށް ފައިސާ ދެއްކޭނެއެވެ.
އުރީދޫގެ މެނޭޖިންގް ޑައިރެކްޓަރ އަދި ސީއީއޯ ނަޖީބް ޚާން ވިދާޅުވީ، އެމް-ފައިސާއަކީ އެއް ޕްލެޓްފޯމެއްގައި އެންމެ ގިނަ ބިލްތަކެއް ދައްކާލެވޭ ހިދުމަތެއްކަމަށާއި، މި ޕްލެޓްފޯމްގެ ޕާޓްނަރުންގެ ވިއުގައަށް ވިލާ ގޭސް އަށް މަރުހަބާ ކިޔާ، މި ކަމުގެ ސަބަބުން ވިލާ ގޭސް ބޭނުންކުރައްވާ ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.
އަދި އުރީދޫގެ އަމާޒަކީ ޑިޖިޓަލް ޓެކްނޮލޮޖީގެއެހީގައި ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، އާންމު ދިރިއުޅުމުގައި ކުރާ މަސައްކަތްތަކަށް ލުއިކަމެއް ފޯރުކޮށްދިނުން ކަމަށްވެސް ނަޖީބް ވިދާޅުވިއެވެ.
އުރީދޫ އެމް-ފައިސާ އަކީ ކޮންމެތަނަކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް