މިރޭ ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ހުޅުމާލެއަށް ދިޔަ މީހަކަށް ބަޔަކު ހަމަލާދީ ފައިސާތައް ފޭރިގެންފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މިކަން ރިޕޯޓްކޮށްފައިވަނީ މިރޭ 12:05 ހާއިރުގައެވެ. ދެސައިކަލެއްގައި ދިޔަ ހަތަރު މީހަކު އެމީހާއަށް ހަމަލާދީ 15000 (ފަނަރަ ހާސް) ޑޮލަރާއި 150000 (އެއްލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާ ފޭރިގެންފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އޭނާ އަތުން ފޭރުނީ ހުޅުމާލެ ދިޔަތަނުން އެމީހުން އައިސް އެމީހާގެ ހެލްމެޓުގައި އެއްޗަކުން ޖަހާ ވައްޓާލުމަށްފަހު އެމީހާ ދުއްވި ސައިކަލުގެ މަޑި ހަލާކުކޮށްގެން ސައިކަލުގެ މަޑި ދަށުން ކަމަށް ބުނެފައިވެއެވެ. އެމީހާއަށް ހަމަލާދީ ފޭރުނު ހަތަރު މީހުންވެސް ތިބީ ހެލްމެޓު އަޅައިގެން ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް