ބޮޑު ބިޔަ އޮޕަރޭޝަނެއް: ފަޅުރަށެއްގައި ވަޅުލާފައި ހުއްޓާ ހޯދި މަސްތުވާތަކެތީގެ އަގު 260 މިލިޔަނަށް އަރާ

ފާއިތުވި 72 ގަޑިއިރު ތެރޭގައި ހުއްޓުމެއްނެތި ފުލުހުން ކުރިއަށްގެންދިޔަ ބޮޑު ބިޔަ އޮޕަރޭޝަނެއްގައި، ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓާ ހޯދި މަސްތުވާތަކެތީގެ އަގު 260 މިލިޔަން ރުފިޔާއަށް އަރާނެ ކަމުގައި ...

29 Apr 2019 | 18:04

ފާއިތުވި 72 ގަޑިއިރު ތެރޭގައި ހުއްޓުމެއްނެތި ފުލުހުން ކުރިއަށްގެންދިޔަ ބޮޑު ބިޔަ އޮޕަރޭޝަނެއްގައި، ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓާ ހޯދި މަސްތުވާތަކެތީގެ އަގު 260 މިލިޔަން ރުފިޔާއަށް އަރާނެ ކަމުގައި ލަފާކުރެވޭކަމަށް ފުލުހުން ބުނެފިއެވެ.

މި އޮޕަރޭޝަނާއި ބެހޭގޮތުން މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ދިވެހި ރާއްޖެއަށް ކަނޑުމަގުން އެތެރެކުރި 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި ޑިވިޝަނަލް ޕޮލިސިންގް ކޮމާންޑާއި ޑްރަގް އިންޓެލިޖެންސް ޔުނިޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގދ. އަތޮޅުގެ ފަޅުރަށެއްގައި ވަޅުލާފައިވަނިކޮށް ކަމަށެވެ.

"މި އޮޕަރޭޝަނަކީ ފާއިތުވި 72 ގަޑިއިރު މެދުކެނޑުމެއްނެތި ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދާއި ފަޅުރައްތަކުގައި ފުލުހުން ހިންގާފައިވާ އޮޕަރޭޝަނެއް" ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އެ ތަކެއްޗަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ރާއްޖެއަށް ޓްރެފިކް ކުރި މަސްތުވާތަކެތި ލޯންޗަކުން ގޮސް ނަގައިގެން ގެނެސް ގދ ފަޅުރަށެއްގައި ވަޅުލާފައިވާ ތަކެތި ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް