އިންޑޮނޭޝިއާގެ އަވަށެއްގައި ފެންބޮޑުވެ 17 މީހަކު މަރުވެއްޖެ

އިންޑޮނޭޝިއާގެ ސްމަޓްރާއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ 17 މީހުން މަރުވެ، 9 މީހަކު ގެއްލިއްޖެއެވެ. އިއްޔައިން ފެށިގެން ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން 12000 މީހުންގެ ގެދޮރު ވަނީ ގެއ...

29 Apr 2019 | 14:26

އިންޑޮނޭޝިއާގެ ސްމަޓްރާއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ 17 މީހުން މަރުވެ، 9 މީހަކު ގެއްލިއްޖެއެވެ.

އިއްޔައިން ފެށިގެން ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން 12000 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. ރިޕޯޓުތައް ބުނާގޮތުން، ސާތޭކައަށްވުރެ ގިނަ އިމާރާތް ވަނީ މީހުންނަށް ނޫޅެވޭވަރަށް ހަލާކުވެފައެވެ.

މި ޑިޒާސްޓާގެ އަސަރު މުޅި ސްމަޓްރާއަށް ކޮށްފައިވާއިރު، މީގެ ސަބަބުން އަދިވެސް އިތުރު ގެއްލުންތައް ވެދާނެމަށް އިންޑޮނޭޝިއާގެ ނޭޝަނަލް ޑިޒާސްޓާ އެޖެންސީއިން ބުނެއެވެ.

މި ހާދިސާގައި ގެދޮރު ގެއްލުން މީހުންނަށް މިހާރު އަންނަނީ، ވަގުތީ ގޮތުން ރައްކާތެރި ހިސާބެއްގައި ކޭމްޕް ޖަހައިގެން އެހީ ފޯރުކޮށްދެމުން ކަމަށްވެސް ޑިޒާސްޓާ އެޖެންސީ އިން ބުންޏެވެ. މީގެ އިތުރުން އެމީހުންގެ ކެއިން ބުއިމުގެ އިންތިޒާމްވެސް އިންޑޮނޭޝިއާގެ ސަރުކާރުން ކުރަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތްވެސް އިންޑޮނޭޝިއާ ސަރުކާރުން މިހާރު ކުރަމުން އެބަދެއެވެ.

އިންޑޮނޭޝިއާ އަކީ މިފަދަ ގުދުރަތީ ހާދިސާތައް ވަރަށް ގިނައިން ހިނގާ ގައުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް