ރައްދުކުރާ ކޮންމެ ހުސްފުޅިއަކަށް ރުފިޔާއެއް

ޕްލާސްޓިކް ފުޅިއެއް ވެމްކޯ އާއި ހަވާލިކޮށްގެން ރުފިޔާއެއް ހޯދުމުގެ ކެމްޕޭނެއް މާދަމާ ފަށަން ނިންމައިފިއެވެ. "ރައްދު" ގެ ނަމުގައި ފަށާ މި ކެމްޕޭނަކީ، މަގުތަކަށް ކުނި އެޅުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއް...

29 Apr 2019 | 13:32

ޕްލާސްޓިކް ފުޅިއެއް ވެމްކޯ އާއި ހަވާލިކޮށްގެން ރުފިޔާއެއް ހޯދުމުގެ ކެމްޕޭނެއް މާދަމާ ފަށަން ނިންމައިފިއެވެ.

"ރައްދު" ގެ ނަމުގައި ފަށާ މި ކެމްޕޭނަކީ، މަގުތަކަށް ކުނި އެޅުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޔޫއެންޑީޕީ، އުރީދޫ އާދި އެޗްޑީސީއާ ގުޅިގެން ވެމްކޯއިން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

މިއަދު ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެމްކޯގެ ޖެނެރަލް މެނޭޖާރ އޮފް އޮޕަރޭޝަން އަހްމަދް ޝާފިއު ވިދާޅުވީ، ރައްދު ކެމްޕޭނަކީ ޕްލާސްޓިކް ފުޅި އަނބުރާ ދިނުމަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ ކެމްޕޭނެއް ކަމަށާއި، މި ކެމްޕޭނުގެ ދަށުން ބަލައިގަންނާނީ ވަކި ކަހަލަ ސްޓިކާއެއް ޖަހައިފައި ހުންނަ ފުޅިއެއް ކަމަށެވެ. އެގޮތުން މި ސްޓިކާ ޖަހައިފައި ހުންނަ ފެންފުޅި ލިބޭނީ ހުޅުމާލޭގައި ހުންނަ ވެމްކޯ އޮފީސް ކައިރީގައި ހުންނަ ފިހާރަތަކުން ކަމަށް ޝާފިއު ވިދާޅުވިއެވެ. މީގެ އިތުރުން، ބަލައިގަންނާނީ 10000 ފުޅި ކަމަށާއި، ރައްދުކުރާ ކޮންމެ ފުޅިއަކަށް ރުފިޔާއެއް ލިބޭނެކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

"ރައްދު" ކެމްޕޭން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މި ކެމްމްޕޭނަކީ ޔޫއެންޑީޕީން ފަންޑު ކޮށްގެން ކުރިއަށް ގެންދާ އާބަން އިނޮވޭޝަން ޗެލެންޖުގެ ދަށުން ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް