ލަންކާގައި ހައްޔަރުކުރި ދިވެހިންގެ ތެރެއިން ހަތަރު މީހަކު މިއަދު ދޫކޮށްލައިފިއެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ، ލަންކާގައި މިދިޔަ ހަފްތާގައި ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެކި ސަރަހައްދުތައް ބަލައި ފާސްކުރުމުގެ ތެރޭގައި އެ މީހުން ދިރިއުޅޭ ގެއިން އެއާ ގަންއެއް ފެނުނު މައްސަލައިގައެވެ. މި މީހުން ދޫކޮށްލާފައިވާއިރު، މި މީހުންގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ.
ހައްޔަރުކުރި ހަތަރު ދިވެހިން ދޫކޮށްލިއިރު އަދިވެސް ބަންދުގައި ދެ ދިވެއްސަކު އެބަ ތިއްބެވެ. އެ ދެ މީހުން ހައްޔަރު ކޮށްފައިވަނީ އައިއެސް އާ ގުޅުން ހުރި ފޮތެއް އެމީހުން ދިރިއުޅޭ ގެއިން ފެނުނު މައްސަލައެއްގައެވެ. ލަންކާ ކޯޓުންވަނީ އެ މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފައެވެ.
މިދިޔަ ހަފްތާ ލަންކާގައި ދިން ބޮމުގެ އަށް ހަމަލާގައި މަރުވި މީހުންގެ އަދަދު 253 އަށް އަރާފައިވާއިރު، ޒަހަމްވި މީހުންގެ އަދަދު އުޅެނީ 500 އަށްވުރެ މަތީގައެވެ. މި ހަމަލާ ދިން މީހުން ބޮމުގެ ހަމަލާތައް ދިނީ އަމިއްލަ ނަފްސު ގޮއްވާލައިގެންނެވެ. މި ހަމަލާތަކުގެ ޒިންމާ ވަނީ އައިއެސް ޖަމާއަތުން އުފުލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް