މުވައްޒަފުންގެ މުސާރަދިނުމަށްފަހު ޕީޕީއެމްގެ ފައިސާ ދޫކުރާނެ ކަމަށް ބުނެފި

އޭޕްރީލް މަހުގެ މުސާރަ މުވައްޒަފުންނަށް ދިނުމަށްފަހު ޕީޕީއެމްއަށް ދޫކުރަންޖެހޭ ފައިސާ ދޫކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން އެޕާޓީއަށް އަންގައިފިއެވެ. ދައުލަތުގެ މުއައްޒަފުންގެ އެޕްރީލް މަހުގެ މުސާރަދ...

29 Apr 2019 | 09:36

އޭޕްރީލް މަހުގެ މުސާރަ މުވައްޒަފުންނަށް ދިނުމަށްފަހު ޕީޕީއެމްއަށް ދޫކުރަންޖެހޭ ފައިސާ ދޫކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން އެޕާޓީއަށް އަންގައިފިއެވެ.

ދައުލަތުގެ މުއައްޒަފުންގެ އެޕްރީލް މަހުގެ މުސާރަދީ ނިންމައި، އެ ޕާޓީއަށް ދަޢުލަތުގެ ބަޖެޓުން ދޫކުރުމަށް ހަމަޖެހިފައިވާ ފައިސާ ދޫކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ޕީޕީއެމަށާއި އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވެއެވެ. ނަމަވެސް ފައިސާ ދޫކުރާނެ ވަކި ތާރީޚެއް ސިޓީގައި ބުނެފައެއްނުވެއެވެ.

މިދިޔަ އަހަރު ޕީޕީއެމްއަށް ކަނޑައަޅާފައިވާ ފައިސާ މިހާތަނަށް ދޫކޮއްފައިނުވުމުން ސިވިލް ކޯޓުގައި ޕީޕީއެމް އިން ވަނީ ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ދަޢުވާ ކޮށްފައެވެ.

ސިޔާސީ ޕާޓީތަކަށް ދަޢުލަތުގެ ބަޖެޓުން ފައިސާ ދޫކުރާއިރު އެޕާޓީއަށް ދަޢުލަތުގެ ބަޖެޓުން 18 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިވަގުތު އެންމެ ގިނަ އާއްމު މެމްބަރުން އޮތް ސިޔާސީ ޕާޓީއަށް ވާއިރު އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ ޕީޕީއެމަށް ފައިސާ ދޫނުކޮށް ހިފަހައްޓާފައި ވަނީ ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން ކަމަށެވެ.

ޕީޕީއެމްއިން ބުނެފައިވަނީ އެޕާޓީ ދަރަނިވެރިވެގެން ގޮސްފައިވަނީ ދަޢުލަތުގެ ބަޖެޓުން އެޕާޓީއަށް ލިބެންޖެހޭ އެއްވެސް ފައިސާ ލިބިފައި ނުވާތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް