ޝިޕިންގް ގެ ދާއިރާއަށް އިންވެސްޓް ކުރުމަށް އެސްޓީއޯއިން ނިންމައިފި

މިއަހަރުގެތެރޭ ޝިޕިންގ ދާއިރާއަށް އިންވެސްޓުކޮށް ރާއްޖެއަށް ބޯޓުތައް ގެނައުމުގެ މަސައްކަތްފެށުމަށް އެސްޓީއޯއިން ނިންމައިފިއެވެ. ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްޓޭޓް ޓްރޭޑިންގ އޯގަނައި...

29 Apr 2019 | 09:06

މިއަހަރުގެތެރޭ ޝިޕިންގ ދާއިރާއަށް އިންވެސްޓުކޮށް ރާއްޖެއަށް ބޯޓުތައް ގެނައުމުގެ މަސައްކަތްފެށުމަށް އެސްޓީއޯއިން ނިންމައިފިއެވެ.

ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ ޗީފް ފައިނޭންޝިއަލް އޮފިސަރ މުޙައްމަދު މިހާދު ވިދާޅުވީ އެސްޓީއޯގެ މަސައްކަތްތައް ފުޅާކޮށް މިހާރު ހުއްޓިފައިވާ ޝިޕިންގ އޮޕަރޭޝަންސްތައް އަލުން ފަށާ އެ ދާއިރާއަށް އިންވެސްޓުކުރުމަށް އެސްޓިއޯއިން ނިންމާފައިވާކަމަށެވެ.

ދިވެހިރާއްޖެއަށް މުދާ ގެނައުމުގެ ހަރަދު ބޮޑު ކަމާއި، ރާއްޖެއަކީ ބޭނުންވާ ހުރިހާ މުދަލެއް ކަނޑުމަގުން އެތެރެ ކުރާ ކުންފުންޏެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގައުމީ ފެންވަރުގައި މި ވާހަކަ ދައްކަމުންދާތާ ވަރަށް ދުވަސްވެފައިވާ ކަމަށާއި ރައްޔިތުންގެ އިންޓްރެސްޓް ޕްރޮޓެކްޓްކޮށް މި ދާއިރާއަށް އިންވެސްޓުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން ރާއްޖޭގެ އިޤްތިސާދަށްވެސް އޮތް ކުރިއެރުމެއް ކަމަށް ވުމުން އެ ދާއިރާއަށް އިންވެސްޓުކުރުމުގެ މަސައްކަތް މިއަހަރުގެތެރޭ އެސްޓިއޯއިން ފަށާނެ ކަމަށް މިހާދު ވިދާޅުވިއެވެ.

އެސްޓީއޯއިން ވިދާޅުވީ އެކުންފުނިން މިދާއިރާއަށް ވަންނާނީ ފުރިހަމަ ތައްޔާރީތައް ވުމަށް ފަހުގައި ކަމަށާއި މިކަމަށް ބޭނުންވާ ފީސިބިލިޓި ޓެސްޓުތައް ހެދުމަށްފަހުގައި ނޫނީ އެސްޓިއޯއިން މިކަމުގެ ތެރެއަށް ނުވަންނާނެކަމަށް އެސްޓިއޯގެ ފިއުލް ލޮޖިސްޓިކްސް އެންޑް ކޮންސްޓްރަކްޝަންސްގެ ޖެނަރަލް މެނޭޖަރ އަބްދުލް ވާހިދް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް