އޮންލައިކޮށް ޕާސްޕޯޓު ހެއްދުމަށް ހުށަހަޅާ ފަރަތްތަކަށް އޮންލައިންކޮށް ޕާސްޕޯޓަށް ފައިސާ ދެއްކޭނެ އިންތިޒާމް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.
އީމެއިލް މެދުވެރިކޮށް އެ އޮތޯރިޓީން ފޮނުވާ ލިންކަކުން ރެވެނިއު ސްޓޭމްޕާއި، ޕާސްޕޯޓު ހައްދަން ބޭނުންވާ ފައިސާ އޮންލައިންކޮށް ދެއްކޭނެކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ޖެނުއަރީ މަހުން ފެށިގެން އިމިގްރޭޝަނުން ޕާސްޕޯޓު ހެދުމަށް ހުށަހަޅާ ފޯމް އޮންލައިންކޮށް ހުށަހެޅޭ ގޮތް ވަނީ ހަދާފައެވެ.
ޕާސްޕޯޓަށް އީމެއިލް މެދުވެރިކޮށް ހުށައަޅާއިރު ދިވެހި ޕާސްޕޯޓަށް އެދޭ ފޯމް، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، އަދި ރެވެނިއު ސްޓޭމްޕާއި، ޕާސްޕޯޓު ސައިޒު ފޮޓޯއެއްގެ އިތުރުން އެންމެ ފަހުން ހަދާފައިވާ ޕާސްޕޯޓް ފޯމެޓަށް ހުށަހެޅުމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި އީމެއިލްގެ ސަބްޖެކްޓުގައި ވެރިފަރާތުގެ ފުރިހަމަ ނަމާއި އައިޑީކާޑު ނަމްބަރާއި ގުޅޭނެ ނަންބަރު ޖަހަން ޖެހެއެވެ.
މި ހިދުމަތް މެދުވެރިކޮށް 32 ސަފުހާގެ އިލެކްޓުރޯނިކް ޕާސްޕޯޓާއި، 32 ސަފުހާގެ ނޮން-އިލެކްޓުރޯނިކް ޕާސްޕޯޓުގެ އިތުރުން 48 ސަފުހާގެ އިލެކްޓްރޯނިކް ޕާސްޕޯޓް ހެދުމަށް ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އެހެން ނަމަވެސް ގެއްލިފައިވާ ޕާސްޕޯޓާއި، ހަލާކުވެފައިވާ ޕާސްޕޯޓު އަދި ސެކަންޑް ޖެނެރޭޝަންގެ ޕާސްޕޯޓުގެ ތެރެއިން، ޕާސްޕޯޓުގެ މުއްދަތު 08 މަހަށްވުރެ ގިނަ ދުވަސް ހުރި ޕާސްޕޯޓް އަލުން އާކުރުމަށް މި ހިދުމަތެއް ބޭނުމެއް ނުކުރެވެއެވެ.
ޕާސްޕޯޓް ހެދުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް