ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ގެ ވެހިކަލްތައް ބާރަށް ދުއްވަމުންދާ މައްސަލަ ބަލަމުން ދާކަމަށް ވެމްކޯއިން ބުނެފިއެވެ.
ވެމްކޯއިން ބުނީ އެކަން ބެލުމަށް އިންޓާނަލް އޮޑިޓެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށާއި، ދެ ހަފްތާއެއްގެ ތެރޭގައި އެ އޮޑިޓުގެ މަސަތްކަތް ފެށިގެން ދާނޭ ކަމަށެވެ.
ބާރަށް ދުއްވާ ވެމްކޯގެ ވެހިކަލްތަކުގެ މައުލޫމާތު އިންޓާނަލް އޮޑިޓް މެދުވެރިކޮށް ލިބޭނެ ކަމަށާއި ބާރަށް ދުއްވާ ވެމްކޯގެ ޑްރައިވަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ވެމްކޯއިން ވަނީ ބުނެފައެވެ.
މާލޭގެ މަގެއްގައި ބާރު ސްޕީޑުގައި ވެމްކޯގެ ވެހިކަލެއް ދުއްވި މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ދާދި ފަހުން އާންމުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް