ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ސުޕްރީމް ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިންތި ވިދާޅުވީ ސުޕްރީމް ކޯޓުގެ ބޭނުމަކަށް އޭނާ ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވާފައިވާ ކަމަށާއި ޗިޓު ފޮނުވީ ބިރު ދައްކަން ކަމަށްވެސް އިމްތިޔާޒް ވިދާޅުވި އެވެ. އިމްތިޔާޒް ސުޕްރީމް ކޯޓަށް ހާޒިރުވާން އެންގާފައިވަނީ މާދަމާ ހެނދުނު 8:30 އަށެވެ.
ޗިޓު ފޮނުވާފައި ވީނަމަވެސް ބިރުން ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ވާހަކަ ނުދައްކާ ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިމްތިޔާޒް މިއަދު ފަނޑިޔާރުގެއަށް އަދި ސުޕްރީމް ކޯޓާމެދު ވިދާޅުވީ، ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރަން ޖެހޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓަކީ "ވަކަރުގެ" އެއް ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އިމްތިޔާޒް ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރާނެ ކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް އިންސާނީ ހައްގުތައް ކަށަވަރު ކޮއްދޭނެ ކަހަލަ ފަނޑިޔާރުން ހޯދާނެ ކަމަށެވެ.
އަދި ސުޕްރީމް ކޯޓާއި ފަނޑިޔާރުންނަށް ފާޑުކިޔާ ކިޔުން ނުހުއްޓުވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް