ހުޅުމާލޭގައި ތަރައްގީ ކޮއްފައިވާ "ރަށު މާރުކޭޓު" ގެ ގޮޅި ހޯދުމަށް އެދި ހުށަހެޅީ 871 މީހުންގެ ތެރެއިން ގޮޅި ލިބުނު މީހުންގެ ނަންތައް އާންމު ކޮއްފިއެވެ.
ދިވެހި އުފެއްދުންތައް ވިއްކުމަށް ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ހުޅުމާލޭ ލޯކަލް މާރުކޭޓުގެ 37 ގޮޅި މޭވާ އާއި ތަރުކާރީ އަދި އެހެން ދިވެހި އުފެއްދުންތަކަށް ހާއްސަކޮށްފައިވާއިރު، 20 ގޮޅި ހާއްސަ ކޮށްފައި ވަނީ ރޯމަސް ވިއްކުމަށެވެ.
ރަށު މާކެޓުގެ ގޮޅިތައް ކުއްޔަށް ދޫކުރަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށެވެ.
އެގޮތުން ކުއްޔަށް ދީފައިވާ އަމިއްލަ ފަރާތްތަކަކީ 18 އަހަރުވެފައިވާ ދިވެހިންނަށް ވާންޖެހޭއިރު ގޮޅި ކުއްޔަށް ދީފައިވާ ވިޔަފާރިތަކަކީ ވިޔަފާރި ކުރާތާ ހަ މަސް ދުވަސް ވެފައިވާ ވިޔަފާރިތަކަކަށް ވާންޖެހެއެވެ.
https://twitter.com/hdcmaldives/status/1122718936443654144
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް