އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ކަރަގްޕޫރްގެ ސްކޮލަޝިޕްތަކަށް ސާކް ގައުމު ތަކުގެ ދަރިވަރުންނަށް ފުރުސަތު ހުޅުވާލައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ކޮއްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އިންޑިއާގެ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ކަރަގްޕޫރް 2019 ގައި ފެށޭ ދިގުމުއްދަތުގެ ޕްރޮގްރާމްތަކަށް ސާކު ގައުމުތަކުގެ ދަރިވަރުން ކުރިމަތި ލުމުގެ ހުޅުވާލާފައިވާކަން އެ އިންސްޓިޓިއުޓްއިން އަންގާފައިވާކަމަށެވެ.
މި އިންސްޓިޓިއުތްގެ ކޯސްތަކަށް ހޮވޭ ސާކު ގައުމުތަކުގެ ދަރިވަރުންގެ ކޯސް ފީ، ޓިކެޓް އަދި ލިވިންގް އެލެވަންސް ދިނުމަށް ހަމަޖެހިފައިވަނީ މި އިންސްޓިޓިއުޓްގެ ފަރާތުން ކަމަށް ވެސް މި އިއުލާނުގައި ބުނެފައިވެއެވެ.
އޮންލައިން އެޕްލިކޭޝަން ހުށަހެޅުމާއި، ކޯސްތަކާއި ގުޅޭ އެހެނިހެން ތަފްސީލް http://www.iitkgp.ac.in ވެބްސައިޓުން ލިބޭނެ ކަމަށާއި، މި ކޯހާ ގުޅޭ މައުލޫމާތު ކަރުދާހެއް މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންވެސް ލިބޭނެ ކަމަށް މި އިއުލާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް