ރޯދަ މަހުގެ ހަނދު ބެލުން އަންނަ ހޮނިހިރު ދުވަހު

ރަމަޟާން މަހުގެ ހަންދު ބެލުން އަންނަ ހޮނިހިރު ދުވަހު ހަވީރު ކުރިޔަށް ގެންދާގޮތަށް ހަމަޖެހިއްޖެއެވެ. ރަމަޟާން މަހުގެ ހަނދު ބެލުން މެއި މަހުގެ 4 ވާ ހޮނިހިރު ދުވަހު އޮންނާނެތީ އެދުވަހު ރާއްޖޭގެ ރަށްރަށުގ...

29 Apr 2019 | 07:03

ރަމަޟާން މަހުގެ ހަންދު ބެލުން އަންނަ ހޮނިހިރު ދުވަހު ހަވީރު ކުރިޔަށް ގެންދާގޮތަށް ހަމަޖެހިއްޖެއެވެ.

ރަމަޟާން މަހުގެ ހަނދު ބެލުން މެއި މަހުގެ 4 ވާ ހޮނިހިރު ދުވަހު އޮންނާނެތީ އެދުވަހު ރާއްޖޭގެ ރަށްރަށުގައި މެޖިސްޓްރޭޓް ކޯޓުތަކާއި ޑީޖީއޭގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ވިދާޅުވިއެވެ.

ރަމަޟާން މަހުގެ ހަންދުގެ މައްސަލަ ވަކި ގޮތަކަށް ނިމުމާއި ހަމައަށް ހޮނިހިރު ދުވަހުގެ ހަވީރު 5:30 އިން ފަށައިގެން ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓާއި އެ ޑިޕާޓްމަންޓުގެ އިދާރާގެ އިތުރުން ކައުންސިލާއި އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށްވެސް ޑީޖީއޭ އިން ވިދާޅުވިއެވެ.

މީގެއިތުރުން މާލޭގައި ނަމަ، މިއަހަރުގެ ރަމަޝާން މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި އެ މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައި ކަމަށާއި ރަށްރަށުގައި ނަމަ ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައި ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި  މެޖިސްޓްރޭޓް ކޯޓެއް ނެތް ރަށެއް ނަމަ އެވަގުތަކުގެ ރަށު ކައުންސިލް އިދާރާ ހިންގުމާއި ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިފުޅުމަތީގައި ހެކިބަސް އަދާކުރެވޭނެ ކަމަށްވެސް ޑީޖީއޭ އިން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް